'ޓޮއިލެޓް އެކް ޕްރޭމް ކާތާ' ގެ ދެވަނަ ބައި ވަރަށް އަވަހަށް ނެރޭނެ ކަމަށް އަކްޝޭ ބުނެފި

އަކްޝޭ ކުމާރް ގެ ފިލްމް 'ޓޮއިލްޓް އެކް ޕްރޭމް ކާތާ' އަށް އިންޑިއާ އާއި ބޭރު ދުނިޔެއިން ވަނީ ބޮޑޫ ތަރުހީބެއް ލިބިފައެވެ. އެ ފިލްމުގެ ކާމިޔާބީ އަށް ފަހު އަކްޝޭ ބުނަނީ ވަރަށް އަވަހަށް 'ޓޮއިލެޓް 2' ނެރޭނެ ކަމަށެވެ. ފިލްމުގެ ނަމެއް އަދި ހާމައެއް ނުކުރެއެވެ.

'ޓޮއިލެޓް 2' އިއުލާން ކުރަމުން އޭނާގެ އިންސްޓެގްރާމްގައި ބުނެފައިވެއެވެ. 'އަނެއް ބްލޮކްބަސްޓަރ އަށް ތައްޔާރުވާންވީ – މިޝަން ޓޮއިލެޓް 2! މިފަހަރު މުޅި ގައުމު ބަދަލުވާނެ.' އިންސްޓެގްރާމްގައި އޭނާ ހިއްސާ ކުރި ކުރު ވީޑިއޯ ގައި ބުނެފައިވަނީ ފިލްމު ނިމުނު ކަމުގައި ވިޔަސް ވާހަކަ އަދި ނުނިމޭކަމަށެވެ. އެހްނ ކަމުން އޭގެ ސދެވަނަ ބަޔާއެކު ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ. ފިލްމާ ބެހޭ އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

'ޓޮއިލެޓް އެކް ޕްރޭމް ކާތާ' އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ 'ސްވަޗް ބާރާތް' އިން ހިތްވަރު ލިބިގެން އޭނާ އުފައްދާފައިވާ ފިލްމެކެވެ. ބަހާއި ޖޯގްރަފީ ގޮތުން ހުންނަ ހުރަސްތަކުން އަރައިގަނެ ލަނޑުދަނޑީ ހާސިލް ކުރުމަށް މަސައކްތަ ކުރެވޭނެ ކަން މިފިލުމުން ވަނީ ދައްކައިދީފައެވެ. އެފިލްމުގެ މެސެޖު ބެލުންތެރީންނަށް ގެނެސްދީފައިވަނީ އަންހެނަކު އޭނާގެ ސާފުތާހިރު ކަމުގެ ހައްގު ހޯދަން ކުރާ މަސައްކަތް ދައްކުވައިދީގެންނެވެ. ފިލްމުގައި އަކްޝޭ އާ އެކު ލީޑް ރޯލު ކުޅެފައިވަނޯ ބޫމީ ޕެޑްނިކާރ އެވެ.

ދުނިޔޭގެ 50 ގައުމެއްގައިވެސް ރިލީޒް ކުރިއެވެ. އޭގެ ތެރޭގައި ޔޫރަޕްގެ 22 ގައުމު ހިމެނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.