ރައީސް ޔާމީން ބަލިކުރާނީ ބޮޑު ތަފާތަކުން، އެހެންވެ މަކަރެއް ނުހެދޭނެ- ހަސަން

ހަސަން މިއަދު ކޮންގްރެސްގައި ވާހަކަ ދައްކަވަނީ. ފޮޓޯ އަވަސް

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް މަކަރު ނުހެއްދެވޭނެ ކަމަށާއި ސަބަބަކީ އިންތިޚާބުން ރައީސް ޔާމީން ބަލިވެވަޑައިގަންނަވާނީ ތަފާތު ބޮޑު ނަތީޖާއަކުން ކަމަށްވުމުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އއ. އުކުޅަހުގައި މިއަދު ފެށިގެންދާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފް ވިދާޅުވީ ކުރިޔަށް އޮތް އިންތިޚާބާ ކުރިމަތިލާނީ އިދިކޮޅުން އެއްކެންޑިޑޭޓާއެކު ކަމަށާއި އެއީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކޮށް ރައީސް ޔާމީން ބަލި ކުރާނީ އެމްޑީޕީ، ޖޭޕީ، އަދާލަތުގެ އިތުރުން ރައީސް މައުމޫނުގެ ޓީމުގެ ތާއީދާއެކު ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އިންތިޚާބުގައި ރައީސް ޔާމީނާށް އެހީތެރިވާނެ ފުލުހުންނެއް އަދި ސިފައިންނެއްވެސް ނުތިބޭނެ ކަމަށާއި އިދިކޮޅު އިއްތިހާދުން ނުކުންނަނީ ގައުމު ސަލާމަތް ކުރުމަށެވެ. ހަސަން ވިދާޅުވީ އުކުޅަހުގައި މިއަދު ފެށި އެމްޑީޕީގެ ކޮންގްރެސްއަކީ ގައުމަށްޓަކައި ބޮޑެތި ކަންތައްތަކެއް ނިންމާނެ ކޮންގްރެސްއެއް ކަމަށެވެ.

އިދިކޮޅުން ރިޔާސީ ކެންޑިޑޭޓަކު ނެރެން މިހާރު ނިންމާފައި ވަނީ އެމްޑީޕީންނެވެ. އަދި ރަނިންމޭޓަކު ނެރެން ނިންމާފައި ވަނީ ޖޭޕީންނެވެ. ނަމަވެސް އެއީ ކޮން ކޮންޑިޑޭޓެއް ކަމަށް އަދި ކަށަވަރެއް ނުވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.