ވޯލްޑްކަޕްގެ ތާރީޚުގައި ޓީމެއްގެ ކުޅުނެތެރީން ވޯލްޑްކަޕްގެ އެކި ގްރޫޕުތަކުގައި ހިމެނުނު ފުރަތަމަ ކުލަބަކަށް ބާސެލޯނާ ވެއްޖެއެވެ. މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ 8 ގުރޫޕުގައި މަދުވެގެން ބާސެލޯނާގެ އެއްކުޅުންތެރިއަކު ހިމެނެއެވެ.
މިއަހަރުގެ މުބާރާތުގައި ދުނިޔޭގެ ފަސް ބައްރަކުން ޓިމުތައް ބައިވެރިވެއެވެ. އެއީ ޔޫރަޕްގެ 14 ޓީމާއި، ސައުތު އެމެރިކާގެ ފަސް ޓީމާއި، އެފްރިކާގެ ފަސް ޓީމާއި، އޭޝިއާގެ ފަސް ޓީމެވެ. އޭޝިއާގެ ފަސް ޓީމުގެ ތެރޭގައި އޮސްޓްރޭލިއާ ވެސް ހިމެނެއެވެ. އޮސްޓްރޭލިއާ އަކީ އޭޝިއަން ފުޓުބޯޅަ ކޮންފެޑެރޭޝަންގެ މެންބަރެކެވެ.
މިއަހަރުގެ މުބާރާތަކީ، މުބާރާތުގެ 88 އަހަރުގެ ދިގު ތާރީޚުގައި އެއް ކުލަބަކުން މުބާރާތުގެ ގުރޫޕުތަކުގައި ކުޅުންތެރިއަކު ހިމެނޭ ފުރަތަމަ މުބާރާތެވެ. މި ޝަރަފް ލިބުނު ހަމައެކަނި ކުލަބަކީ ސްޕެނިޝް ޗެމްޕިއަން އެފްސީ ބާސެލޯނާ އެވެ. މިއީ ކުޅީވަރުގެ ތާރީޚުގައި ކުލަބަކުން މުބާރާތުގެ އެކި ގުރޫޕުތަކުގައި ކުޅުންތެރިއަކު ހިމެނި ފުރަތަމަ ފަހަރެވެ. އަށް ގުރޫޕުގައި ހިމެނޭ ކުޅުންތެރިންނަކީ:
ގުރޫޕް އޭ: ލުއީ ސުއާރެޒް (ޔުރްގުއާއި)
ގުރޫޕު ބީ: އަންދްރޭސް އިނިއެސްތާ، ސަރަފިއޯ ބުސްކެޓްސް، ޖެރަރޑް ޕިކޭ، އަދި ޖޯރޑުވީ އަލްބާ (ސްޕެއިން)
ގުރޫޕް ސީ: ސަމުއޭލް އުމްތިތީ އާއި އުސްމާން ދެމްބެލޭ (ފްރާންސް)
ގްރޫޕު ޑީ: ލިއަނަލް މެސީ (އާޖެންޓީނާ) އިވާން ރަކިތީޗް (ކްރޮއޭޝިއާ)
ގުރޫޕް އީ: ފިލީ ކޫޓީނޯ އާއި ޕައުލީންއޯ (ބްރެޒީލް)
ގުރޫޕް އެފް: މާކް އަންދްރޭ ތަރ ޝްޓޭގެން (ޖަރމަނީ)
ގްރޫޕް ޖީ: ތޯމަސް ވެރްމޭލެން (ބެލްޖިއަމް)
ގުރޫޕް އެޗް: ޔެރީ މިނާ (ކޮލަމްބިއާ)
48 ޓީމެއްގެ މައްޗަށް މުބާރާތް ބެހިފައިވާ އިރު މިއީ ކުޅީވަރުގެ ތާރީޚުގައި ވެސް މިގޮތަށް 8 ގުރޫޕުގައި އެއްކުލަބަކުން ކުޅުންތެރީން ހިމެނުނު ފުރަތަމަ ފަހަރެވެ. އެ ކުލަބުގެ 14 ކުޅުންތެރިއަކު މުބާރާތުގެ އަށް ގުރޫޕުގައި ވާދަ ކުރާނެއެެވެ.