ތޫނޫ އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްފި

މިރޭ މާލޭގައި ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް ހަމަލާދިފައިވަނީ ބުރަކަށްޓަށެވެ. އެހެންނަވެސް ހާދިސާގެ އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުޅުވީ މާރާމާރީއެއް ހިންގައިގެން އެކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ހާދިސާ ހިނގައިގެންއުޅެނީ ކޮން ސަރަހައްދެއްގައި ކަމާއި ހާދިސާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުންގެ މީޑިއަށް އަދި ލިބިފައިނުވާ ކަމަށެވެ. އެހެންމަވެސް "ފުލުހުން ގެންދަނީ ސީންގައި ހަރަކާތްތެރިވަމުން،"  ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ރާއްޖޭގައި އުޅޭ އިންޑިއާ މީހަކަށެވެ. އައިޖީއެމްއެޗުގައި މިހާރު ގެންދަނީ އެމީހާއަށް ފަރުވާ ދެމުން ކަމަށްވެސް އެނގިފައިވެއެވެ. އެހެންނަމަވެސް އެމީހާއަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް އަދިވެސް ނުލިބެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.