ވާރލްޑްކަޕްގައި ކުޅޭ އިރާނުގެ ސްޓައިލިޝް ޓީމު

ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ދިޔަ އިރާނު ޓީމުން އެތައް ބައެއްގެ ހިތް ފަތަހަ ކޮށްފިއެވެ.

އާޖެންޓީނާ އާއި ބްރެޒިލް އާއި އިންގްލެންޑާއި، ފްރާންސް އާއި، ޖަރމަނީ އަދި ސްޕައިން އިން މުބާރާތަށޤ ނުކުންނަނީ ތަށި ނެގުމަށެވެ. މުބާރާތުގައި ބައިވެރިވުމަށް އިރާނުގެ ޓީމު ވެސް ރަޝިއާއަށް ގޮސްފައިވާ އިރު އެ ޓީމު މީހުންގެ ސަމާލުކަމަށް އައީ މުޅިން ތަފާތު ސަބަބަކާ ހެދިއެވެ. އިރާނު ޓީމުން މުބާރާތަށް ދިޔައީ ވަރަށް ސްޓައިލުގައެވެ. މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ޓީމުގެ މެންބަރުން ތިބީ ވަރަށް ސްޓައިލިޝް ނޫ ކުލަައިގެ ސޫޓްގައެވެ.

 

އިރާނުުގެ 23 މެންބަރުންގެ ޓީމުގައި ހިމެނެނީ އިރާނުގެ ޑޮމެސްޓިކް ލީގުގެ ކުޅުންތެރިންނާއި އިންގްލިޝް ޗެމްޕިއަންސްލީގުގައި ކުޅޭ ކުޅޫންތެރިންނެވެ.

ފޮޓޯ ތަކުން ފެންނަ ކުޅުނތެރީންގެ ތެރޭގައި "އިރާނުގެ މެސީ، ސަރްދަރް އަޒްމޫން އާއި މޯޓިޒާ ޕާލިނާޣީ އާއި އަލީ ރިޒާ ޖަހާންބަންޚްޝް އާއި ސައީދު އިއްޒަތުﷲ އާއި ރާމިން ރިޒިއާން އާއި ކަރީމް އަނސރީފަރްދް އާއި މެހެދީ ތަރީމީ ހިމެނެއެވެ.

އިރާންގެ ޓީމު ޓްވިޓަރ ގައި މުބާރާތް ކާމިޔާބުކޮށްފިއެވެ. ގިނަބަޔަކު އިރާނުުގެ ޓީމަށް ތާއީދު ކުރާނެކަމަށް ބެލެވެއެވެ.

އިރާނުން ފުރަތަމަ މެޗު ކުޅޭނީ ހުކުރު ދުވަހު އެވެ. ބައްދަލުކުރާނީ މޮރޮކޯ އާއެވެ. އުއްމީދަކީ ފޮޓޯ އިން ފެންނަހާ ސްޓައިލިޝް މޮޅު ކުޅެމެއް ދެއްކުމެވެ.

މިއީ ސްޕޯްޓްބައިބްލް ވެބްސައިޓުގައި ނަގާފައިވާ ޚަބަރެކެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.