
އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުގެ ފަރާތުން ކައުންސިލްގެ މުވައްޒަފުންނަށް -/1500 ރުފިޔާގެ ގިފްޓް ކާޑެއް ހަދިޔާ ކުރައްވައިފިއެވެ.
މިއީ ރޯދަ ހަދިޔާއެއްގެ ގޮތުގައި އެ ކުލަބުން ހަދިޔާކުރި ކާޑެކެވެ. އެކާޑު މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ސިޓީކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރެކްރިއޭޝަން ކްލަބުގެ ރައީސް އަލީ ސަވާދެވެ.
އައްޑޫސިޓީ ކައުންސިލް ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބަކީ މުވައްޒަފުންނަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ އިތުރަށް، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުސަދުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބެކެވެ.
މިދިޔަ ރޯދަމަހުވެސް ރެކްރިއޭޝަން ކްލަބުގެ ފަރާތުން މުވައްޒަފުންނަށް ގިފްޓް ކާޑެއް ވަނީ ހަދިޔާ ކުރެއްވިއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ކައުންސިލްގެ އަހަރީ ބައްދަލުވުމުގައި މުވައްޒަފުންގެ މެދުގައި ގުރުއަތުން ހޮވާލެވުނު މުވައްޒަފަކަށް އުމްރާ ދަތުރެއް ވެސް ވަނީ ދެއްވައިފައެވެ.