ސަޢޫދީ ސިފައިންގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު ޒަޚަމުވެއްޖެ

ޠާއިފުގެ މަންޒަރެއް

ތޫނު ހަތިޔާރު ހިފައިގެން ތިބި ދެމީހަކު ފުލުހަކު މަރާލައި، އޭނާގެ ހަތިޔާރު އަތުލައިގެން ހުޅަނގު ސަަޢޫދީ ޢަރަބިއްޔާގެ ޠާއިފުގައި އޮންނަ ސިފައިންގެ މަރުކަޒަކަށް ދިން ހަމަލާއެެއްގައި ސިފައިންގެ އެތައް ބަޔަކު ޒަޚަމުވެއްޖެއެވެ.

މައްކާގެ އިރުން 70 ކިލޯމީޓަރު ދުރުގައި އޮންނަ ޠާއިފުގެ ނޭޝަނަލް ގާޑްސް މަރުުކަޒަށް ހަމަލާ ދިން ދެ މީހުންނާ ސިފައިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގައި ސިފައިންގެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ސައޫދީ ނޫހެއްކަމުގައިވާ ސަބްޤުން އިއްޔެ ޚަބަރުދިން ގޮތުގައި ހަމަލާދިން ދެމީހުން ވަނީ ފުލުސް މީހާ މަރާލުމަށްފަހު އޭނާގެ ހަތިޔާރާއި ކާރުވެސް އުތުލާފައެވެ.

"އޭނާ (ޑެޕިއުޓީ ސާޖަންޓް ޢަބްދުﷲ އަލްމަޝާރީ އަލްޤުރައިޝީ) ހުރީ ޑިއުޓީއަށެވެ. ޠާއިފުގެ އަވަށެއްގެެ އާމީ ރޯޑުގައި ޓްރެފިކް ބަލަހައްޓާށެވެ. އެހެން ހުއްޓާ ހަމަލާ ދިން މީހުންކުރެ އެކަކު އޭނާގެ ބުރަކަށްޓަށް ތޫނު އެއްޗެއް ހެރުމުގެ ސަަބަބުން އޭނާ ވަރަށް ބޮޑަށް ޒަޚަމްވީއެވެ." ފުހުލުންގެ މަސްދަރަކާ ހަވާލާދީ ސަބްޤުގައި ބުނެފައި ވެއެވެ. "އެ ޒަޚަމްތަކުގެ ސަބަބުން އޭނާ މަރުވީއެވެ."

ސަބްޤުން ޚަބަރުުދޭ ގޮތުގައި ސިފައިންގެ އެތައް ބަޔަކު ޒަޚަމްވުމުގެ އިތުރަށް ހަމަލާދިން ދެމީހުން ކުރެ އެކަކުވެސް ޒަޚަމްވިއެެވެ. އޭނާ ވަނީ ހައްޔަރުކުރެވިފައެެވެ. އަނެކަކު ވަނީ ފިލާފައެވެ.

އެެއްވެސް ޖަމާއަތަކުން މިހަމަލާގެ މަސްއޫލިއްޔަތު އުފުލާފައި ނުވިޔަސް، އައިސިސް އިނާއި އަލްޤާއިދާއިން މީގެ ކުރިން ވަނީ ސައޫދީ އަސްކަރީ ތަންތަނަަށް ހަމަލާދިނުމަށް އެޖަމާއަތްތަކަށް ތާއީދުކުރާ މީހުންނަށް ގޮވައިލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.