ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ތިލަދުންމަތީ އުތުރު ބުރިން ފެށިގެން ހައްދުން މައްޗާ ހަމައަށް ވައިޓު އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާބެހޭ އޮފީހުން ވިދާޅުވީ ވައިޓު އެލާޓު ނެރެފައިވަނީ އެސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.

އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:30 އިން ހަވީރު 3:30 އަށެވެ.

އެވްރެޖު ގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލަށް ވައިގަދަވިޔަސް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އޮފީހުން ވަނީ ލަފާ ކުރައްވައިފައެވެ. އަދި އެ ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އޮފީހުންވަނީ ލަފާ ކުރައްވައިފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށް ވުމުން މޫސުމާ ބެހޭ އޮފީހުންނާއި، ދިވެހި ސިފައިންނަވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލު ވުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ދަތުރު ކުރާއިރު ދޯނީގައި ހުންނަންވާ މުއާސަލާތީ ވަސީލަތްތަކާއި ސަލާމާތީ ހުރިހާ ސާމާނެއް ހަމަކޮށްގެން ދަތުރު ކުރުމަށްވެސް އެފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.