
ނ. އަތޮޅު ހޮޅުދޫގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކާއި ފިރިހެނަކު ނިޔާވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެކްސިޑެންޓުގައި ނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ ދެ ޒުވާނުން ކަމަށެވެ.
ސައިކަލް އެކްސިޑެންޓެއްގައި ނިޔާވި މި ދެމީހުން ފެނިފައިވަނީ އެރަށު ފަޅުތެރެއިންނެވެ. އެ ދެމީހުން ފަޅުތެރެއިން ދެ މީހުން ނަގައިގެން ގެންދިޔައީ ހޮސްޕީޓަލަށެވެ. އެތަނަށް ގެންދިޔައިރުވެސް ދެ މީހުންވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިއެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:30 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ދެމީހުން ދުއްވި ސައިކަލް މޫދަށް ވެއްޓިފައިވަނީ ސައިކަލް ދުއްވި ބާރުކަމުން ކޮންޓްރޯލް ނުވެގޮސް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެފައިވެއެވެ. އެ ހާދިސާގައި ސައިކަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ.