
އައްޑޫސިޓީ ހިތަދޫ ގެއެއްގެ ގޯތިތެރޭގައި ހުރި ރުކަކަށް މިއަދު ހަވީރު އެރި މީހަކު ރުކުން ވެއްޓި ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ ރުކުން ވެއްޓުމުން ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ދާދި ދެންމެއަކު ކަމަށް އެޗުއާރުއެޗުން މައުލޫމާތު ދެއްވިއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 31 އަހަރުގެ ޚާތިމް ފައުޒީ ނަމަކަށް ކިޔާ ޒުވާނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެޗުއާރުއެޗުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް ހާލު ވަރަށް ދެރަ ކަމަށެވެ. އެހެންނަމަވެސް ބޭރުން މާބޮޑު އަނިޔާއެއް ފެންނަން ނެތްކަށް މައުލޫމާތު ލިބިފައިވެއެވެ.
ރުކުން ވެއްޓި އޭނާޖެހިފައިވަނީ ގައުފުންޏެއްގެ މަތީގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވެއްޓުމުން އޭނާގެ ބޮލަށާއި ގެއްލުންވެ އަތާއި ފައިގެ ބައެއް ތަންތަންވެސް ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.