"ޕަޕަރާޒީ ފޮޓޯ" ތަކަށް ފަހު މެގަން މާކެލް ގެ ބައްޕަ މެގަންގެ ކާވެނީގެ ރަސްމިއްޔާތުގައި ބައިވެރިނުވާނެ

މެގަން (ވ)، އަދި ބައްޕަ ތޯމަސް މާކެލް މީޑިއާގައި ޝާއިއު ކުރުވި ފޮޓޯ އެއް (ކ)

ޕްރިންސް ހެރީ އާއި މެގަންގެ ކާވެނީގެ ރަސްމިއްޔާތުގައި މެގަންގެ ބައްޕަ މާކެލް ބައިވެރިވާނެ ކަމަށް ޝާހީ އާއިލާ އިން ބަޔާނެއް ނެރެފައިވަނިކޮށް އެ ރަސްމިއްޔާތުގައި އޭނާ ބައިވެރިނުވާނެ ކަމަށް އިނގިރޭސިވިލާތުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ހޮނިހިރު ދުވަހު އޮންނަ ކާވެނީގެ ރަސްމިއްޔާތުގެ ކުރީން މިމހަފްތާގައި ޝާހީ އާއިލާ އާއި ބައްދަލުކުރުމަށް ކުރީން އޮތީ ރާވާފައެވެ. މީގެ ކުރީން ހެރީ އާއި މާކެލް ދިމާވެފައެއް ނުވެއެވެ.

މާކެލް ކާވެންޏަށް ނުދާގޮތަށް ނިންމީ މެގަންގެ ކާވެންޏަށް ދާން އޭނާ ތައްޔާރުވާ މަންޒަރު ކަމަށް ބުނެ ފޮޓޯތަކެއް މީޑިއާގައި އާއްމު ކުރުމަށް ފަހުއެވެ. ފޮޓޯ ތަކުގައި އިނގިރޭސި ވިލާތާއި ބެހޭ ފޮތެއް ހިފައިގެން އޭނާ އިންނަ މަންޒަރާއި ބާޒާރު ކުރާ މަންޒަރު އަދި ކޮމްޕިއުޓަރުން ހެރީ އާއި މެގަންގެ ފޮޓޯއަކަށް ބަލަން އިންނަ މަންޒަރު ފެންނަ ފޮތޯތައް ހިމެނެއެވެ. އަދީ ހާޓް އެޓޭކެއް ޖެހިގެން އޭނާ ފަރުވާ ހޯދި ކަމަށްވެސް މީޑިއާ އަށް މައުލޫމާތު ދީފައިވެއެވެ. ޕަޕަރާޒީން ތަކެއް ނެގި ފޮޓޯ ތަކެއް ކަމަށް ކުރީން ބުނި ނަމަވެސް ފަހުން އެނގުނު ގޮތުގއި އެއީ އޭނާ އަމިއްލައަށް ކުރުވި ކަމެކެވެ.

މެގަންގެ ބައްޕަ މާކެލް ތޯމަސް، މީޑިއާގައި ޝާއިއު ކުރުވި ފޮޓޯ އެއް

ޝާހީ އާއިލާގެ ތަރުޖަމާނަކާ ހަވާލާދީ މީޑިއާގައި ރިޕޓްކޮށްފައިވާ ގޮތުގައި މިއީ މެގަން އަށް ވަރަށް ހިތާމަވެރި ވަގުތުކޮޅެއް ކަމުން އާއިލާ އާއި މެގަންގެ ޕްރައިވެސީ އަށް ހުރިހާ ފަރާތަތަކަކުން އިހްތިރާމް ކުރުމަކީ ޝާހީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. ހޯމަ ދުވަހު މާކެލްގެ އަންހެން ދަރިފުޅު ސަމަންތާ ވަނީ އެ ފޮޓޯ ޝޫޓް ޕްލޭން ކުރީ އޭނާއެވެ. އޭނާ ބުނެފައިވަނީ އެއީ ނުބައި ނިޔަތެއްގައި ކުރި ކަމެއް ނޫނެވެ. އަދި ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތަށް ފައިސާ ހޯދުމަށް ކުރި ކަމެއް ނޫންކަމަށް ސަމަންތާ ވަނީ ޓީވީ ޝޯއެއްގައި ބުނެފައެވެ. ފޮޓޯތައް ވިއްކާފައިވަނީ 100, 000 ޕައުންޑަށް ކަމަށްވެސް މީޑިއާގައި ރިޕޯޓްތައް ބުނެއެވެ.

މެގަންގެ ދައްތަ ފޮޓޯތަކުގެ ހަގީގަތް ކިޔައިދެނީ

މެގަންގެ ބައްޕަ ކާވެނީގެ ރަސްމިއްޔާތުގައި ބައިވެރި ނުވާން ނިންމީ މީޑިއާ އިން "ލީކް" ކުރި ފޮޓޯ ތަކަކީ ރާވައިގެން ނަގައިފައިވާ ފޮޓޯތަކެއްކަން ފަޅާ އެރީމާ އެކަމާ ލަދުންނެވެ.

މާޚެލް ކާވެނީގެ ރަސްމިއްޔާތުގައި ބައިވެރި ނުވި ނަމަވެސް މެގަންގެ މަންމަ ޑޮރިއާ ރެގްލެންޑް ބައިވެރިވާނެ ކަމަށް ވެއެވެ. އަދި ކާވެނީގެ ކުރީން މެގަން އާ އެކު އޭނާ ހުންނާނީ ހޮޓަލެއްގައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.