ރައީސް ނަޝީދު މިހާރު ގެންގުޅުއްވާ ސިޔާސީ ވިސްނުންފުޅާއި އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތަކަށް ބަލާފައި ގައުމީ ވިސްނުމެއްގައިހުރި ސިޔާސީ ލީޑަރަކު އެމަނިކުފާނާ އެއްކޮޅަށް ނާރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގެ "ނިއުސް ޓޯކް" ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ "ރައީސް ނަޝީދުގެ އެހުރި ސިޔާސީ ވިސްނުމާއި ސިޔާސީ ފިކުރުގެ މައްޗަށް މިހާރު ވައުދުވަމުންދާ ވައުދުވުމުގެ މައްޗަށް ބަލާފައި ދިވެހިރާއްޖޭގެ ގައުމީ ވިސްނުމެއްގައިހުރި ސިޔާސީ އެއްވެސް ލީޑަރަކު ނަޝީދާ އެއްކޮޅަކަށް ނާރާނެ،" ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ރައީސް ނަޝީދާއެކު ތިއްބެވި ސިޔާސީ ބޭފުޅުން އެގޮތަށް ތިއްބެވީ އެމަނިކުފާނަށް ތާއީދު ކުރައްވާތީ ނޫންކަމަށެވެ. އެގޮތަށް ތިއްބެވީ ރައީސް ޔާމީންގެ ވެރިކަމާ އެމީހުން ހިތްހަމަ ނުޖެހިގެން ސިޔާސީ ހަރަކާތް ހިންގުމަށް ބައި ގިނަކުރަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދަކީ ދެކޮޅުޖެހޭ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތައް އަޑުއަހާނެ ބަޔަކު މިހާރުނެތް ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން އެއްކެންޑިޑޭޓަކު ނެރެން ވާހަކަ ދައްކަވާފައި އެކަންވެސް ނުކުރެވުނީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތައް ދެކޮޅު ނުޖެހުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާރު އެއް ކެންޑިޑޭޓުން ނެރުމުގެ ބަދަލުގައި ކެންޑިޑޭޓުން ނެރެނީ ވަކިވަކި ޕާޓީތަކުންނާއި އަމިލަގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ރައީސް ނަޝީދު މިހާރު ހުންނެވީ ގިނިކަންޏާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދު އެހުންނެވީ ސިޔާސީ ގޮތުން ބާލިޣު ނުވާ ކެންޑިޑޭޓެއްގެ ގޮތުގައި. އެހެން މިދެންނެވީ ވެރިކަމަށް ޝަރުތެއް ފުރިހަމައެއްނުވޭ، ތަސައްރަފެއް ނުފުދޭ. އެހެންވީމާ ގައިދީއަކަށް ކުރިމައްޗެއް ނުލެވޭނެ. ބާލިޣު ނުވާ ކެންޑިޑޭޓެއް ތިމަންނަ އެބަ ނިކުންނަމޭ ވިދާޅުވެ އެވިދާޅުވީ ތިމަންނައަށް ވެރިކަން ލިބިއްޖެއްޔާ ހަ އަހަރަށް ރައްޔިތުންގެ މަޖިލިސްގެ ދައުރު އިތުރުކުރާނަމޭ. ހަމަ އެހެންމެ ބަރުލަމާނީ ނިޒާކަމަށް ބަދަލުކުރާނަމޭ،" އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު އެހެން ވިދާޅުވިޔަސް ގާނޫނު އަސާސީގައި މަޖިލިހުގެ ދައުރުގެ މުއްދަތުވެސް ކަނޑައަޅާފައިވާކަމަށެވެ. އަދި ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައަޅާފައިވަނީ ރައްޔިތުންގެ އާންމު ވޯޓަކުން ކަމަށް ވާއިރު ރައީސް ނަޝީދުގެ އަމިއްލަފުޅު ވިސްނުމާ އެއްގޮތަށް ބަރުލަމާނީ ނިޒާމެއް ވެސް ނުގެނެވޭނެ ކަމަށްވެސް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.
ބަޢާވާތުން ސަލާމަތް ވުމަށް އަބަދުވެސް ދިވެހި މުޝްރިކުން ރައްޔިތުން. އޮޅުވާލުމަށް ދީނުެ ނަމުގައި މީޑިއާށް އަރާތިބެ އެތައް ދޮގަކަޢީ މަކަރު ހަދައެވެ.