ޔުއެފާ ޗެމްޕިޔަންސް ލީގުގެ ފައިނަލަށް ރެފްރީއަކު ހަމަޖައްސައިފި

26 މޭއި 2018ވަނަ އާދިއްތަ ދުވަހު ޔޫކްރޭންގެ ކީވްސީޓީގައި ކުރިޔަށް ދާން ހަމަޖެހިފައިވާ ރިޔާލް މެޑްރިޑް އަދި ލިވަޕޫލް ބައްދަލުކުރާ ޗެމްޕިޔަންސް ލީގުގެ ފައިނަލް މެޗަށް ޔުއެފާއިން ރެފްރީއަކު ހަމަޖައްސައިފ އެވެ.

މި މެޗުގެ ރެފްރީއަކަށް ހަމަޖައްސާފައި ވަނީ ސާބިޔާ އަށް ނިސްބަތްވާ މިލޮރަޑް މެޒިކް އެވެ.

45 އަހަރުގެ މެޒިކް އަންނަނީ 2009 ވަނަ އަހަރުއް ސުރެ ރެފްރީކަން ކުރަމުންނެވެ. މެޒިކް ވަނީ ވަރަށް ގިނަ ބޮޑެތި މެޗްތަކުގެ ރެފްރީކަން ކޮށްފައެވެ. އޭގެތެރޭގައި 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ފައިނަލް މެޗް އަދި ޔުއޭފާ ސުޕަރ ކަޕްގައި ރިޔާލްމެޑް ރިޑް އާއި ސެވިލާ ބައްދަލުކުރި މެޗް ހިމެނެއެވެ.

މި ސީޒަންގައި މެޒިކް ވަނީ ޗެންޕިޔަސް ލީގުގެ 4 މެޗް އަދި އިއުރޮޕާ ލީގުގެ 2 މެޗްގެ ރެފްރީކަން ކޮއްފައެވެ.

މީގެ އިތުރުން 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހު ފެށަން ހަމަޖެހިފައިވާ ވޯލްކަޕް ރަޝިއާގެ ރެފްރީންގެ ޓީމުގައިވެސް މިލޮރަޑް މެޒިކް ހިމެނެއެވެ،

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.