އިންސާނިއްޔަތުގެ މުސްތަގްބަލު ބިނާވެފައިވަނީ ފަލަސްޠީނާއި ޤުދްސުގެ މައްސަލައިގެ މައްޗަށް: އެރްދޮގާން

އިންސާނިއްޔަތުގެ މުސްތަގުބަލު ކަނޑައަޅާނީ ފަލަސްޠީނާއި ޤުދްސުގެ މައްސަލައިގައި ކުރެވޭ އިމްތިހާނުގެ ނަތީޖާ ނުކުންނަ ގޮތަކުން ކަމުގައި ތުރުކީގެ ރައީސު ރަޖަބު ތައްޔިބު އެރްދޮގާން ވިދާޅުވެއްެޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއް ނަތީޖާއަކީ އިންސާނިއްޔަތު އަލިިކަމާއި، މިނިވަންކަމާއި، އަޚްލާޤީ ރިވެތި ސިފަތަކާ ދިމާއަށް ދިއުމެވެ. އަނެއް ނަތީޖާއަކީ އަނދިރިކަމާއި، އަނިޔާވެރިކަމާ ދިމާއަށް ދިއުމެވެ.

އޭނާ މިމޭމުރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އިސްތަންބޫލުގައި އިއްޔެ އޮތް އިންޓަނޭޝަނަލް މައުންޓް އޮފް އޮލިވްސް ޕީސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގަައެވެ.

"ފަަލަސްޠީނާއި ޤުދްސުގެ މައްސަލައަކީ ހަމަ އެކަނި ވަަކި ގައުމެއްގެ މައްސަލައެއް ނޫން. ނުވަތަ ވަކި ރަށެއްގެ މައްސަލައެެއް ނޫން. ފަލަސްޠީނު މީހުންނަކީ އަނިޔާވެރިކަމާއި، ގަތުލުއާއްމާއި، ބޭއިންސާފުގެ ސަބަބުން ނިކަމެތިކުރެވިފައިވާ ހުރިހާ ގައުމުތަކުގެ ރަމްޒެއް." އޭނާ ވިދާޅުވިއެވެ.

"ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ޒަޚަމްވަމުން ދާއިރު ބައިނަލްއަގްވާމީ މުޖްތަމައު ހިމޭނުން އޮތުމުން ދަލީލުކޮށްދެނީ އެއްވެސް ގައުމަކަށް އަދި އެއްވެސް ފަރުދަކަަށް އަމާންކަމެެއް ނެތްކަން." އޭނާ އިތުރަށް ވިދާޅުވިއެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި ފަލަސްޠީނުގައި ހިނގާ ކަންތައްތަކަކީ އަނިޔާއަށް ގާނޫނީ ސިފަދިނުމަށް އަނިޔާވެރިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ފަލަސްޠީނުގެ މައްސަލައިގައި އދ. ން އަމަލުކުރަމުންދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަނުޖެހުމާއެކު ވާހަކަފުޅު ދައްކަަވަމުން އޭނާ ވިދާޅުވީ "ބައިނަލްއަގްވާމީ މުޖުތަމައުގެ، ވަކިން ޚާއްސަކޮށް ސުލްހަ ގާއިމްކުރުމާ ހަވާލުވެފައިވާ ޖަމާއަތްތަކުގެ ދެފުށްދެގޮތްކަން ވަނީ އަހަރުމެންނަށް ތަހައްމަލްކުރެވޭ ވަރަށްވުރެ މައްޗަށް ގަޮސްފައި. އަހަރުމެން އެކަމާ ދެކޮޅު ވާހަކަ އިއުލާންކުރަމުން މިބުނަނީ އެންމެ 5 ގައުމަށް ވުރެ ދުނިޔެ ބޮޑުކަމަށް"

އެރްދޮގާން ވިދާޅުވީ މުޅި ދުނިޔެއަށް އަމާންކަން ހޯދައިދިނުމަށް ކުރައްވާ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.