
ލ. އަތޮޅު ގަމު ކައުންސިލް އޮފީސް ކައިރީގައި އޮތް ތެޔޮ ލޮރީއެއްގައި ރޯވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ގަމުން ވާހަކަ ދެއްކި މީހަކު ބުނީ ތެޔޮލޮރީގައި ރޯވެފައިވަނީ ތެލާއެކު އޮއްވައި ކަމަށެވެ. އެމްއެންޑީފުން މުހާރު ގެންދަވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 13:40 ގައި ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެމްއެމްޑީއެފްގެ ބޭފުޅަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް އެތަނުން ވަނީ ވިދާޅުވެފައެވެ. އ
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ރޯވެފައިވާ އަލިފާނުގެ 90 އިންސައްތަ މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ .މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނެތެވެ.