އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގެ ކޭޓަރިންގ ޕާޓްނަރަކަށް ބުރުޒު ކޭޓަރިންގ ހަމަޖައްސައިފި

މި އަހަރުގެ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026ގެ ކޭޓަރިންގ ޕާޓްނަރުގެ ގޮތުގައި ބުރުޒު ކޭޓަރިންގ ހަމަޖައްސާފައިވާކަން އިޢުލާންކޮށްފިއެވެ.

އިންޒެކް 2025 ގެ ކޭޓަރިންގ ޕާޓްނަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވަނީ ބުރުޒު ކޭޓަރިންގއެވެ.

މި ގުޅުން ދެމެހެއްޓިގެން ދިޔުމަކީ، ކޮންފަރެންސް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް ޒަކާތު ހައުސް އާއި ބުރުޒު ކޭޓަރިންގއާ ދެމެދު އޮތް ބަދަހި އެއްބާރުލުން ރަމްޒުކޮށްދޭ ކަމެކެވެ. އިންޒެކް އަށް ބުރުޒު ކޭޓަރިންގެ ފަރާތުން ދެމުންގެންދާ މެދުކެނޑުމެއްނެތް އެއްބާރުލުމާއި އަހައްމިއްޔަތުކަމަށް ޓަކައި އެ ކުންފުންޏަށް ޒަކާތު ހައުސްގެ ފަރާތުން ޝުކުރު އަދާކުރަމެވެ.

އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ދުވަހުގެ ހެނދުނު 8:30އިން ހަވީރު 7:00އަށް، މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގައެވެ. މި ކޮންފަރެންސަކީ ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މި ދާއިރާގެ ތަޖުރިބާކާރުންނާއި އަދި އެހެނިހެން ކަމާގުޅުންހުރި ފަރާތްތައް އެއްތަނަކަށް އެއްވެ، ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ކޮންފަރެންސެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.