އައްޑޫ ސިޓީ، ހުޅުދޫ، މީދޫ ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމް.ޑަބްލިޔު.އެސް.ސީން ޙަވާލުވެ، ފުރަތަމަ ބިލިންގ ސައިކަލް ފަށަނީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމް.ޑަބްލިޔު.އެސް.ސީއިން ރަސްމީކޮށް ހަވާލުވެ، ކުންފުނީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

މިގޮތުން، މީޓަރ ރީޑިންގ ނެގުމަށްޓަކައި، ކުންފުނީގެ މުވައްޒަފުން، ރަސްމީ ޔުނިފޯމުގައި، ގޭބިސީތަކަށާއި ޚިދުމަތް ދެމުންގެންދާ އެކި ޢިމާރާތްތަކަށް ޒިޔާރަތްކުރަމުން ގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. ވީމާ، މި މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް މީޓަރު ހަރުކޮށްފައިވާ ސަރަޙައްދުތަކަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށާއ، މި ކަމުގައި އެންމެހައި ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ވަނީ އެދިފައެވެ. އަދި، އެމް.ޑަބްލިޔު.އެސް.ސީއިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ހޯއްދެވުމަށްޓަކައި، އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކުރައްވައި އެކައުންޓް ރަޖިސްޓްރީ ކުރެއްވުމަށް ވެސް ވަނީ އެދިފައެވެ.

އެމްޑަބްލިއުއެސްސީ އެޕް ޑައުންލޯޑްކުރެއްވުމަށް:

އެންޑްރޮއިޑް:

https://play.google.com/store/apps/details?id=mv.com.mwsc.portal

އައި.އޯ.އެސް:

https://apps.apple.com/mv/app/mwsc/id1273369072

ފެނާއި ނަރުދަމާގެ ޚިދުމަތް އެމް.ޑަބްލިޔު.އެސް.ސީގެ ދަށަށް ބަދަލުވަމުންދާ މި މަރުޙަލާގައި، އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ޚިދުމަތަށް ބުރޫނާރައި، މެދުކެނޑުމެއްނެތި، ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ ކުންފުނިން އަރުވައެވެ. އަދި ބިލުތަކަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކަވައި ޚަލާޞްކުރެއްވުމަށް އެންމެހައި ކަސްޓަމަރުންނަށް އިލްތިމާސްކުރެއެވެ.

ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ އެޑްރެސްތަކުގައި ވަގުތީ ކަސްޓަމަރ ސަރވިސް  ކައުންޓަރުތައް މިހާރު ވަނީ ޤާއިމުކުރެވިފައެވެ:

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް އޮފީސް އައްޑޫ ސިޓީ ބްރާންޗް: ހިރިޔާ މަގު، ފޭދޫ

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް އޮފީސް ފުވައްމުލައް ސިޓީ ބްރާންޗް: ނައިބުތުއްތު ހިނގުން، މިސްކިތް މަގު

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި ކުންފުނީގެ ކަސްޓަމަރ ކެއަރ ހޮޓްލައިން   1575  އަށް ގުޅުއްވުމުން ނުވަތަ mail@mwsc.com.mv  އަށް އީމެއިލް ކުރެއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.