އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ސުޖިއޯނޯ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަޒީރު އިރުތިޝާމް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ ގައުމުގެ ހާރިޖީ ވަޒީރު ސުޖިއޯނޯއަށާއި އިންޑޮނޭޝިއާ ސަރުކާރު އަދި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށެވެ.

ދިވެހިރާއްޖެ އާއި އިންޑޮނޭޝިއާ އާ ދެމެދު، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮންނަ، ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަކީ ރާއްޖެއިން އޭގެ އަގުވަޒަންކުރާ ގުޅުމެއް ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.

ހަމައެހެންމެ ދިވެހިރާއްޖެ އާއި އިންޑޮނޭޝިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އިތުރު ފުރުޞަތުތައް ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް އުންމީދުކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ދިވެހިރާއްޖެ އާއި އިންޑޮނޭޝިއާ އާ ދެމެދުގައިވާ އެކުވެރި އަދި ގާތްގުޅުން އިތުރަށް ފަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ލާބަ އާއި މަންފާގެނެސްދޭނެކަމާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތްކަން ހާމަކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.