ނ. ހޮޅުދޫގެ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމުމާއެކު ޓެސްޓްކޮށް ކޮމިޝަން ވަނީ ކުރެވިފައިއެވެ.
ކޮމިޝަން ކުރުމުގެ މަސައްކަތުގައި މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދު، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުން، ކޮންޓްރެކްޓަރ، ފެނަކަ ކޯޕަރޭޝަނުން އަދި ކައުންސިލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން 6.6 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް، 60 ޓަނުގެ 2 އާރްއޯ ޕްލާންޓް، 25 ޓަނުގެ ވާރޭ ފެން ޕްލާންޓް، 350 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކް އަދި 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކް ޤާއިމުކޮށްފައިވެއެވެ.
ދެން ކުރިއަށްދަނީ، މި ނިޒާމު އޮޕަރޭޓްކުރުމުގެ ގޮތުން އޮޕަރޭޓަރާއި ހަވާލުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކެވެ.
