ވޯޓުލާން ފަށައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ވޯޓުލުން ފަށައިފިއެވެ.

މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި އިންތިހާބުަގއި ވޯޓު ނަގަން ފެށުން ލަސްވިޔަސް، ވޯޓުލުން މެދުކެނޑުނަސް، ހަވީރު 4:00 ގައި ކިޔު ބަންދުކުރާނެ ކަމަށެވެ. އަދި ކިޔު ބަންދު ކުރުމަށްފަހު އެއްވެސް މީހަކަށް ކިޔުއަަށް އެރުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މި ފަހަރުގެ އިންތިޚާބުގައި ޖުމްލަ 255 ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރާއިރު، ދާއިރާތަކާއި މަގާމުތަކުގެ އަދަދު ދެ އިންތިޚާބުގައިވެސް އެއްވަރަކަށް ހުރިކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ.

އެގޮތުން ކައުންސިލްތަކުގެ 680 މަގާމަކަށް 1,358 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 680 މަގާމަށް 1,597 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އިލެކްޝަންސް އިން ބުނާ ގޮތުގައި މި އަދަދުތަކުން ދޭހަވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އޮތް ޝައުގުވެރިކަން މިފަހަރު ބޮޑުވެފައިވާ ކަމެވެ.

އިންތިޚާބުގެ އިންތިޒާމުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތަކާއި އަދި ޖަލުތަކުގައި ހިމެނޭހެން ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވެ މިހާރު ވަނީ ނިމިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.