ދެ އިންތިހާބު އެއްކޮށްލާ ވޯޓު ގާނޫނާ ހިލާފެއް ނޫންކަމަށް ހުކުމްކޮށްފި

ދެ އިންތިހާބު އެއްކޮށްލާ ވޯޓު ގާނޫނާ ހިލާފެއް ނޫންކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އެކޯޓުން މިގޮތަށް ގާނޫނީ ވަކީލް އައިކް އަހުމަދު އީސަ އާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައިގައި ހުކުމް އިއްވަމުންނެވެ. އެ މައްސަލަ ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ފެންނަ ނުފެންނަ ވޯޓުގެ ސުވާލު މިހާރު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ އާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރިއިރު, ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން އެހެން ބައެއް މައްސަލަތައް ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް އެ ކޯޓުން މިހާތަނަށް ބަލައިގެންފައެއް ނުވެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.