އަލިފާނުގެ ހާދިސާގެ ސަބަބުން އިންތިޚާބުތަކަށް ބުރުލެއް ނާރާނެ: އީސީ

“ޕްރައިމް ގޯޑައުން” ގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިން އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ދެއްވައިފިއެވެ.

މި ހާދިސާ ހިނގީ ކޮމިޝަންގެ އިންތިޚާބީ މަރުކަޒު ހުންނަ އިމާރާތުގެ ކައިރީގައި ކަމަށްވީ ނަމަވެސް، މަރުކަޒުގައި ހުރި ހުރިހާ ލިޔެކިއުންތަކާއި ތަކެތި ހުރީ ރައްކާތެރިކަމާއެކުގައިކަމަށް ޒާހިދު ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ވޯޓަރސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވީ ނަމަވެސް، މިއަދުން ފެށިގެން އެ މަސައްކަތާއި އިންތިޚާބާ ގުޅޭ އެހެނިހެން ހަރަކާތްތައް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެއެވެ. އިންތިޚާބީ މަރުކަޒު ހުރި އިމާރާތަށް ވަނުމުގެ ހުއްދަ އެމްއެންޑީއެފުން ދެވެންދެން ހުރިހާ މަސައްކަތެއް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.