ދިރާގު ގުޑިފެސްޓް މި ހުކުރު ދުވަހު މާލެ އުސްފަސްގަނޑުގައި ބާއްވަނީ

އާންމުންގެ ތަރުހީބު ލިބިފައިވާ، ދިރާގުގެ މަގުބޫލު ގުޑިފެސްޓް 27 ފެބުރުވަރީ ވާ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ހަރަކާތް އޮންނާނީ އެ ދުވަހުގެ ހަވީރު 5:00އިން 6:00އަށް މާލޭ އުސްފަސްގަންޑު ސަރަހައްދުގައެވެ.

ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތައް ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ގުޑިއެއް ހިލޭ ލިބިގެންދާނެއެވެ.

ދިރާގު ގުޑިފެސްޓްއަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ ގުޑި އެރުވުމަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ. މި ގޮތުން، ވޭތުވެދިޔަ ރަމަޟާން މަސްމަހާ އެއްފަދައިން، މި އަހަރު ވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެއެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.