މަސް ދޯންޏެއްގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑިއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި ރޯވި އަލިފާން ނިއްވުމުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ޙާދިސާ  ހިނގާފައިވަނީ 15 މީހުންނާ އެކު ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައެވެ.
މި ދޯނީގައި އަލިފާން ރޯވިކަމުގެ ރިޕޯޓް މިއަދު 14:57 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އެކޯ-9 އަލިފާން ނިއްވާ ލޯންޗުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެން ފަށާފައެވެ.
މި ދޯނީގައި ރޯވި އަލިފާން ނިއްވާލުމުގެ  މަސައްކަތް ކުރަމުންދަނިކޮށް މިއަދު 16:46 ހާއިރު ދޯނި ވަނީ އަޑިއަށްގޮސްފައެވެ.
މި ހާދިސާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.