ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ދޫކުރުމުގެ ގޮތުން ޕްލޮޓް ކަނޑައެޅުމަށްޓަކައި ނަސީބުވެރިންގެ ދެމެދު ގުރުއަތު ނަގައިފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް ލިބިވަޑައިގެންނެވި ފަރާތްތަކުގެ ދެމެދު ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސުކޫލުގެ ހޯލުގައެވެ.
ގުރުއަތުން ޕްލޮޓް ނަންބަރު އިއުލާނުކުރެވެމުންދާ ވަރަކަށް، އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް ވަގުތުން ބައްލަވައިލެއްވޭނެ އިންތިޒާމު މިނިސްޓްރީންވަނީ ހަމަޖައްސާފައެވެ.
މިހާރު މި މަސައްކަތްތައް ނިންމާލާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިން ވަކިކޮށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ.
ތިންވަނަ ފިޔަވަހިން 1650 އަކަފޫޓުގެ 181 ގޯތި އަދި 2050 އަކަފޫޓުގެ 242 ގޯތި ދޫކުރުމަށް ކަނޑައެޅިފައިވެއެވެ. އަދި 2450 އަކަފޫޓުގެ 132 ގޯއްޗާއި 2850 އަކަފޫޓުގެ 62 ގޯތީގެ އިތުރުން 3250 އަކަފޫޓުގެ 41 ގޯތިވެސް ދޫކުރުމަށް ކަނޑައެޅިފައިވެއެވެ.
ދޫކުރުމަށް ކަނޑައެޅި ގޯތިތަކުގެ ތެރޭގައި 3650 އަކަފޫޓުގެ 16 ގޯތި އަދި 4000 އަކަފޫޓުގެ 24 ގޯތިވެސް ހިމެނެއެވެ.
