މީޑިއާ މައުރަޒު މި މަހު 5 އަދި 6 ގައި ބާއްވަނީ

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މީޑީއާތަކާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މީޑިއާ މަރުކަޒު މި މަހުގެ 5 އަދި 6 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ނިންމައިފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މީޑިއާ މައުރަޒަކީ ވުޒާރާއިން ޚާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިއްމު މަސައްކަތްތަކާއި، ވުޒާރާގެ ވަކި ވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ.

މި މައުރަޒުގައި ވަކި ވަކި ސެކްޝަންތަކުގެ ވެރިންނާއި ބައްދަލުކޮށް ސެކްޝަންތަކާއި ގުޅޭ މަސައްކަތްތަކާއި ބެހޭ ސުވާލުތައްކުރުމާއި މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

2024 ވަނަ އަހަރު ބޭއްވި މީޑިއާ މައުރަޒަށްވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާއްމުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.