ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި އޮސްޓްރޭލިޔާގެ ކަރޓިން ޔުނިވާސިޓީ (ޕަރތް)ގެ އާކިޓެކްޗަރ ދަރިވަރުން ވަނީ ޚާއްސަ ޑިޒައިން ވޯކްޝޮޕެއްގައި ބައިވެރިވެފައެވެ.
މި ވޯކްޝޮޕްގައި، ކަރޓިން ޔުނިވާސިޓީގެ ދަރިވަރުންގެ ފަރާތުން ވަނީ ހދ.ކުޅުދުއްފުށީގައި އާންމުން އެއްވެ އުޅުމަށް ގާޢިމުކުރެވިދާނެ މާހާޢުލަކާއި ގުޅޭ ޑިޒައިންތައް ފަރުމާކޮށް، ހުށަހަޅާފައެވެ. އަދި އެމް.އެން.ޔޫގެ ދަރިވަރުންނާއި އެކު އެ ދަރިވަރުންގެ ޑިޒައިންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، އެ ޑިޒައިންތަކަށް ބޭނުންވާ މުހިއްމު ބަދަލުތައް ގެނެސްފައެވެ. އެގޮތުން، ދަރިވަރުންގެ މެދުގައި، އެ ދަރިވަރުން ފަރުމާކޮށްފައިވާ ޑިޒައިންތަށް ހިއްސާކޮށް، ދިވެހިރާއްޖެ އަދި އޮސްޓްރޭލިޔާގެ ސަޤާފަތާއި އަދާކާދަޔާއި ގުޅޭ ޑިޒައިންތައް ފަރުމާކުރުމާއިމެދު ވަނީ މަޝްވަރާކުރެވިފައެވެ.
އެކި ޤައުމުތަކުގެ މަޤްބޫލް ޔުނިވާސިޓީތަކާއި ގުޅިގެން ދިވެހިރާއްޖެއަށް މުޙިއްމު ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ސަރުކާރުން ދަނީ އެތަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 2027 ވަނަ އަހަރަށް ރޭވިފައިވާ ވޯކްޝޮޕްތަކުގެ ތެރެގައި، އެމް.އެން.ޔޫގެ އާކިޓެކްޗަރ ދަރިވަރުންގެ ތެރެއިން ކަނޑައެޅިފައިވާ ދަރިވަރުންތަކެއް ތޮޅެންދޫއަށް ޒިޔާރަތްކޮށް ކަރޓިން ޔުނިވާސިޓީގެ ދަރިވަރުންނާއި ގުޅިގެން ޑިޒައިން ޕްރޮޖެކްޓްތަކާއި ގުޅޭ މަސައްކަތްކުރުމަށް ވަނީ ރޭވިފައެވެ.
