
މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އިން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.
އޭގެތެރެއިން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދެވޭ މަރުހަބާ ކިޔުމުގެ ހަރަކާތެއް 27 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހުގެ ރާއްޖޭގެ ހުރިހާ އެއަރޕޯޓްތަކުގައި ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިހަރަކާތަކީ ފަތުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަރޕޯޓްގެ ކޮމްޕެނީ ލިމިޓެޑްއާއި ގުޅިގެން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާ، ޔޫ.އެން ޓޫރިޒަމް އިން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "Tourism and Sustainable Transformation" އެވެ.