ރެސްޕޯންޑް ޓު ފަޔަރ އާ ބެހޭ ކުލާސްތަކެއް ހިންގައިފި

މޯލްޑިވްސް ޕޮލިޓެކްނިކުން ކުރިއަށް ގެންދާ ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް ކޯހުގެ ދަރިވަރުންނަށް "ރެސްޕޯންޑް ޓު ފަޔަރ" އާ ބެެހޭ ކުލާސްތަކެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ހިންގައިފިއެވެ.
ސެޕްޓެންބަރު 7އިން 11އަށް ކުރިއަށްގެންދިޔަ މި ކުލާސްތަކުގައި، އެ ކޯހުގެ 17 ފަރާތަކުން ބައިވެރިވިއެވެ. މި ކުލާސްތަކުގައި ފަޔަރ އެވެއަރނަސް ތިއަރީ އަދި ޕްރެކްޓިކަލް ކުލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ކުލާސްތަކުގައި، އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދިނުމުގެ އިތުރުން އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ އެ ތަކެތި އަމަލީ ގޮތުން ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީފައި ވެއެވެ.
މި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.