
އެސްޓީއޯއިން ވިއްކަމުން ގެންދާ މަޝްހޫރު ޑެވޮންޑޭލަށް ހާއްސަ ކޮށްގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި ޑެވޮންޑޭލްގެ 1 ލީޓަރުގެ ކިރު ކޭހެއް ބައްލަވައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގައި ދޫކުރާ 30 ހާސް ކޫޕަން ހޯދުމުގެ ފުރުސަތު ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ. ލަކީ ޑްރޯގައި ކޮންމެ ހަފްތާއަކުވެސް 5 ނަސީބުވެރި ފަރާތް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. މިއިން ކޮންމެ ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ޕްރޮމޯޝަން ނިމުމުން ނަސީބުވެރި 3 ފަރާތެއް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. މި ގުރުއަތުގައި ހޮވޭ 3 ފަރާތުގެ ތެރެއިން
1 ވަނައަށް ހޮވޭ ފަރާތައް- 50،000 ރުފިޔާ
2 ވަނައަށް ހޮވޭ ފަރާތައް – 25،000 ރުފިޔާ
3 ވަނައަށް ހޮވޭ ފަރާތައް – 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ސެންޓަރ، އެސްޓީއޯ ހުޅުމާލޭ ހޯލްސޭލް އަދި އެސްޓީއޯ ވިލިމާލޭ ފިހާރައިގައެވެ. އަދި 1 ސެޕްޓެމްބަރު 2025 ން ފެށިގެން އެސްޓީއޯގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކަށް މި ޕްރޮމޯޝަން ފުޅާ ކުރެވިގެންދާނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 20 އޮގަސްޓް 2025 ން ފެށިގެން 31 އޮކްޓޯބަރ 2025 ގެ ނިޔަލަށެވެ.