އިންޓަނޭޝަނަލް ޔޫތު ޑޭ އާ ގުޅިގެން “ނޫކަށި ފެސްޓިވަލް” ނަމުގައި ހާއްސަ ހަރަކާތެއް!

އިންޓަނޭޝަނަލް ޔޫތު ޑޭ އާ ގުޅިގެން “ނޫކަށި ފެސްޓިވަލް” ނަމުގައި ހާއްސަ ހަރަކާތެއް ބާއްވާން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ނިންމައިފިއެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 27 އިން 30 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައެވެ.

ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ޒުވާނުންގެ އެކި އުފެއްދުންތައް ދައްކައިދޭ އެކި ސްޓޯލްތައް ހިމެނޭއިރު އޭގެ ތެރޭގައި ޒުވާން ވިޔަފާރިވެރިންގެ ތެރެއިން ކާބޯ ތަކެތި އުފައްދާ ފަރާތްތަކަށާއި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ސްޓޯލުތައް ހިމެނޭނެއެވެ. އަދި މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ބައެއް ސްޓޯލްތައް ވެސް މި ފެސްޓިވަލްއިން ފެނިގެންދާނެއެވެ.

ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ހަވީރު ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރޭގަނޑު އާޓިސްޓުންގެ ލައިވް މިއުޒިކް ސޯ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.