
ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން، ކޯޗުން ތަމްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމެއް އައްޑޫ ސިޓީ މީދޫގައި ފަށައިފިއެވެ.
މިއީ ސްޕޯޓްސް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި، ހޭންޑްބޯލް މޯލްޑިވްސް އާއި، އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މިމަހުގެ 06 އިން ފެށިގެން 16 އޮގަސްޓް ގެ ނިޔަލަށް ކުރިއަށް ގެންދާ ކޯހެކެވެ.
އައްޑޫ ސިޓީ މީދޫގައި މިހާރު ކުރިއަށްދާ ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ޖުމްލަ 12 ބައިވެރިންވަނީ ބައިވެރިވެފައެވެ.
އެމްއެންއައިއެސްގެ އަމާޒަކީ، ތަފާތު އެކި ކުޅިވަރުތަކަށް ޒުވާނުން އަހުލުވެރިކުރުވުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ ފަންނީ ބޭފުޅުން އުފައްދައި، އެބޭފުޅުންގެ މަސައްކަތްތަކުން ކުޅިވަރަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނެވުމެވެ.