
ސިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައްކޮށްފައިވަނީ ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް (އެންއައިއެޗް) އަށް ކުރެއްވި ޒިޔާރަތުގައެވެ.
އެގޮތުން މިޒިޔާރަތުގައި އެންއައިއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ޓެކްނިކަލް އޮފިޝަލުން އާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ރާއްޖޭގެ އާންމު ސިއްޙަތުގެ ނިޒާމާއި ކެޕޭސިޓީ ހަރުދަނާ ކުރުމަށްޓަކައި ދެފަރާތުގެ އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ. އެގޮތުން ފީލްޑް އެޕިޑެމިއޮލޮޖީ ޓްރޭނިންގ، އެންޓިމައިކްރޮބިއަލް ރެސިސްޓެންސް (އޭއެމްއާރު) މޮނިޓަރިންގ، އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އައިޕީސީ)، އަދި ޑިޒީޒް ސަރވޭލަންސް ސިސްޓަމް ހަރުދަނާ ކުރުމަށް އެއްބާރުލުން ދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އަދި ދެ ފަރާތުން ވެސް ވަނީ ފަންނީ އެއްބާރުލުން އިތުރުކުރުމާއި، ތަމްރީނުތަކުގެ ފުރުސަތުތަކާއި، މުއައްސަސާތަކުގެ ގުޅުންތައް އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ.