
ރާއްޖޭގައި ކާނާގެ ޔަޤީކަން އިތުރުކުރުމުގެ ގޮތުން ހިންގާ މަޝްރޫޢުގެ ތެރެއިން ހަނިމާދޫގައި ބަނބުކެޔޮ ގަސް އިންދުމުގެ ހަރަކާތުގައި ވަޒީރު ޑރ. މަރިޔަމް މާރިޔާ ބައިވެރިވެވަޑައިނަވައިފިއެވެ.
ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ގައި ބަނބުކެޔޮ ގަސް ހެއްދުމަށްޓަކައި އެރަށުކައުންސިލަށް މިވުޒާރާއިން ވަނީ 50 ގަސް ހަދިޔާކޮށްފައެވެ. އެގަސްތައް އިންދުމުގެ މަސައްކަތް މިއަދު ފަސާފައިވާއިރު، އެ ހަރަކާތުގައި ވަޒީރު ބައިވެރިވެވަޑައިނަވައި، ބަނބުކެޔޮ ގަސް އިންދަވައިދެއްވިއެވެ.
މި ހަރަކާތުގައި ވަޒީރުގެ އަރިހުގައި މިވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިނެވިއެވެ. އަދި ހަނިމާދޫ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގައި ކާނާގެ ޔަގީންކަން (ފުޑް ސެކިޔުރިޓީ) އިތުރުކުރުމަކީ ރާއީސުލްޖުމްހޫރިއްޔާ ގެ ވަޢުދުފުޅެކެވެ. އެހެންކަމުން މި ވުޒާރާއިން އަންނަނީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކާއި، ކަމާއިގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން ކުރަމުންނެވެ.