ސިފަމާ "ފަން ރަން 2025" ބާއްވައިފި

ސިފައިންގެ ޢާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރު ކުރުމުގެ ގޮތުން ސިފަމާ "ފަންރަން 2025" ގެ ނަމުގައި ދުވުމެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ ކުޑަކުދިންގެ ދުވަހާއި އަދި މަންމައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސިފަމާ އިން އިންތިޒާމްކޮށްގެން ބޭއްވި ހަރަކާތެކެވެ
ސިފަމާ އިން ދިވެހި ސިފައިންނާއި ސިފައިންގެ ލޮބުވެތި ޢާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް
ޢާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

9 މެއި 2025 ވަނަ ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި ހަރަކާތުގައި 3 ކިލޯމީޓަރ އަދި 5 ކިލޯމީޓަރގެ ދުވުން ކުރިއަށް ދިޔައެވެ. އަދި މި ދުވުން ފުރިހަމަކުރި ކޮންމެ ބައިވެރިއަކަށް ވަނީ މެޑެލި ހަވާލުކޮށްފައެވެ. ހުޅުމާލޭ ސެންޓްރަލް ޕާރކުގައި ކުރިޔަށް ގެންދިޔަ މި އިވެންޓުގައި ކުޑަކުދިންނާއި ގުޅުންހުރި އިތުރު ގިނަ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

މި ހަރަކާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޤިޔާޘް އާއި، ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިންނާއި، ސިފައިންގެ އާއިލާތަކުން ބައިވެރިވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.