1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް ބިލްޑިން: ފޮޓޯ ޕީއެސްއެމް

ވައިގެެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ،  (2025 މާރިޗު 16)  ރޭ ދަންވަރު ވައިގެމަގުން ތައިލެންޑުން ރާއްޖެ އައި ޖެނެރަލް ގުޑްސް ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި ވިހި (20) ޕެކެޓެއްގައި ފޮރުވާފައިހުރިއިރު، ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން ކެނެބިސް (Cannabis) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1097 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 877,600.00 (އަށް ލައްކަ ހަތްދިހަ ހަތްހާސް  ހަ ސަތޭކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.