
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ބާއްވާ "ޒުވާނުންގެ ބަދިގެ" ކައްކާ ޕްރޮގްރާމް މިއަހަރުގެ ރޯދަ މަހުވެސް ބާއްވަން ނިންމައިފިއެވެ.
މި ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް މި ދާއިރާއިން ކުރިޔަށް ދިޔުމަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ދާއިރާގެ އިލްމީ އަދި ތަޖުރިބާހުރި ބޭފުޅުންގެ ފަންނީ މައުލޫމާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ހިއްސާކުރުމެވެ.
މި ޕްރޮގުރާމުގައި ބައިވެރިވުމުގެ އުމުރު ފުރާއަކީ އުމުރުން 16 އިން 35 އަހަރެވެ. ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިއަދު 13:00ގެ ކުރިން މި ޕްރޮގުރަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ޖެހޭނެއެވެ. މި ލިންކު ބޭނުންކޮށްގެން https://forms.gle/vHRRtSGmRuP3PBx46 މި ޕްރޮގުރާމުގައި ރަޖިސްޓްރީ ވެވޭނެއެވެ.
ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ގައެވެ.
މި ޕްރޮގްރާމް ކުރިޔަށްދާނީ 4 އެޕިސޯޑަކަށް ބަހާލައިގެން ތަފާތު 4 ވައްތަރުގެ ކެއުން ތައްޔާރު ކޮށްގެންނެވެ.
އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވާ ދުވަސްތައް:
· އެޕިސޯޑު 1 : 14 މާރޗް 2025
· އެޕިސޯޑު 2 : 21 މާރޗް 2025
· އެޕިސޯޑު 3 : 28 މާރޗް 2025
· އެޕިސޯޑު 4 : 31 މާރޗް 2025
މި ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވަނީ ދިވެހިން ޗެނަލް އިންނެވެ. މި ޕްރޮގްރާމް ކުރިޔަށްގެންދާނީ ތަޖުރިބާކާރު ޒުވާން ޝެފެއް ކަމަށްވާ މުމީތު އާއެކުގައެވެ.