ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025" އަށް ތައްޔާރުތަ؟

ޔޫތު މިނިސްޓްރީ އަދި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށް މި ރަމަޟާން މަހު "ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025" ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިންގ މުބާރާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ އަދި ޓެކެން ހިމެނެއެވެ.

މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 12 އިން 14 އަށެވެ.

ކޮންމެ ގޭމެއްގެ 1 ވަނައަށް އަންނަ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ދެވަނައަށް 3000 ރުފިޔާ ލިބިގެންދާއިރު ތިންވަނައަށް އަންނަ 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެސްޓިވަލްގައި ބައިވެރިވުމަށް ވަރަށް އަވަހަށް ރަޖިސްޓްރޭޝަނަށް ހުޅުވާލާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.