އެސްޓީއޯ ކޮންސްޓްރަކްޝަން ރޯދަ ސޭލް ފަށައިފި

ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކުވެސް ބައްވާ "ރޯދަ ސޭލް" ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި ޑިސްކައުންޓްތަކާއިއެކު ފެށިއްޖެއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފަރާތުން 2025 ވަނަ އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ ކޮންސްޓްރަކްޝަންގެ ރޯދަ ސޭލް ޕްރޮމޯޝަން 2 ފެބްރުއަރީ 2025 ވަނަ ދުވަހު ވަނީ ފެށިފައެވެ. މި ސޭލް ކުރިއަށްދާނީ 2 ފެބްރުއަރީ 2025 ން ފެށިގެން 31 މާރިޗު 2025 ގެ ނިޔަލަށެވެ.

މިއަހަރުގެ ރޯދަ ސޭލް ފައްޓަވައި ދެއްވީ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއަރ ގެ ޑިރެކްޓަރ ޒައިދު މުހައްމަދުއެވެ.

މިޕްރޯމަޝަންގައި ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއްލިބޭއިރު، މި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓް ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި ނިޕޯން ޕެއިންޓް އިން %20 އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން %50 ޑިސްކައުންޓް ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ މިއަހަރުގެ އެންމެ ހާއްސަ ކަމަކީ އަޅުގަނޑުމެންނާއި އެކު ވެލިގާ ފަދަ ޕާޓްނަރެއް ނިޕޯން ޕެއިންޓްގައި ބައިވެރިވުން ކަމަށްވާއިރު، މިއަހަރު ބޮޑު އިނާމުގެ ގޮތުގައި، ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ލިބިގެން ދާނެއެވެ.

މިސޭލް ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓްތަކުގައެވެ. އަދި އެސްޓީއޯގެ ރީޖަލަން އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.