އަޠުހަރުގެ މަރުގެ މައްސަލައާ ގުޅުންހުރި ކަންކަން އެޗްއާރްސީއެމް އިން ބަލަނީ

މާލޭގައި އަންހެނަކު ރަހީނުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އާދަމް އަޠުހަރުގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (ޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

އެޗްއާރްސީއެމްއިން ނެރުނު ޔާނުގައި ވަނީ  29 އޯގަސްޓްވީ ބުރާސްފަތި ދުވަހު އާދަމް އަޠުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތާއި، އަދި އޭގެ ފަހުން ހައްޔަރުގައި ހުއްޓާ އެނާ މަރުވުމާއި ހަމައަށް ކަން ހިންގައި ދިޔަގޮތް އެކޮމިޝަނުން ބަލަމުންދާކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދޭން ފުލުހުން ޢަމަލުކުރިގޮތް ބަލަމުންދާ ކަަމަށް ބުންޏެވެ. އަދި އޭގެ ފަހުން އޭނާއަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ޢަމަލުކޮށްފައިވާ ގޮތް ބަލާނެކަމަށް ވެސް އެބަޔާނުގައި ވެއެވެ،

މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުގައި އަޠުހަރު ހުއްޓައި ސެޕްޓެމްބަރު 1ގައި ދިމާވި ހާދިސާ ހިނގި ވަގުތުން ފެށިގެން އެކަން އެ ކޮމިޝަނުގެ ސަމާލުކަމަށް ފުލުހުން ގެނެސްފައިވާ ކަމަށެވެ. އެއާއެކު އެ ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ކަމާއި ގުޅުންހުރި މައުލޫމާތުތައް އެއްކޮށް، ޖަލުގައި ހިނގި ކަންކަންވެސް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާ މަރުވުމާއި ގުޅިގެން އެމައްސަލަވެސް ބަލާނެ ކަމަށް އެކޮމިޝަންގެ ބަޔާނުގައި ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.