މި ސަރުކާރު އައި އިރު ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ޔަޤީން ނޫން ކަމުގައި ފެނަކަ ކޯޕަޜޭޗަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ރަށްރަށަށް ކަރަންޓް ފޯރުކޮށްދޭން ބޭނުންކުރާ ގިނަ ޖެނެރޭޓަރުތަކެއް ހުރީ ހަލާކުވެފައި ކަމަށެވެ. އަދި މިހާތަނަށް 39 ޖަނޭޓަރު ސެޓްތައް ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންނަށް ނުދީ ހުރި ފައިސާގެ ތެރެއިން 300 މިލިއަން ރުފިޔާދީ ޚަލާސްކޮށްފައިވާ ކަމަށާއި އެ ފައިސާ ދެއްކީ މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކަށާއި ގަންނަމުންދާ ހުރިހާ މުދަލަކަށް ފައިސާ ދެމުން ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 278 ވެންޑަރުންނަށް ފައިސާ ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން މި ޤައުމަށް ދިން ގެއްލުމުގެ ވާހަކަ ދައްކަވާނެ އަބަދު ވެސް ދައްކަވާނެ ކަމަށް މުޢާޒް ވިދާޅުވިއެވެ.