(28 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަޅުގަނޑަށް މިގޮތް ރީތި އަޅުގަނޑު އަތުން މިޙައްޤު ނާތުލައްވާ!" ބިއްލާ ޖެހިލުންވެފައި ހުރެ ބުންޏެވެ.
"އެންމެ ރަނގަޅު..... އެންމެ ރަނގަޅު."
ކުޑައިރުކޮޅެއް ފަހުން ޢާޝީ އެކޮޓަރިއަށް އަތުވެއްޖެއެވެ. އަދި ބިއްލާ ގޮވައިގެން ބޭރަށް ހިނގައްޖެއެވެ. ހީވަނީ ބިއްލާގެ ކޮޓަރި ތައްޔާރުވީ ހެންނެވެ.
ކޮޓަރީގައި އަނާ އެކަނި ވެއްޖެއެވެ.
އަނާ މި ހުރިހާކަމެއް ކުރީ ޒުމައްރަދުގެ ނުލަފާ ބޭބެ އޭނައާ ދިމާކުރަން އަތުވެދާނެކަމުގެ ބިރު ހީވެގެންނެވެ. އެ މީހުންނާ "ހަނގުރާމަ ކުރުމަށް" އޭނާގެ ހިތްނޭދުނު ކަމުގައިވިޔަސް މައްސަލައިގެ ސީރިޔަސްކަމުން އޭނާގެ ސަލާމަތަށްޓަކައި މިފަދަ ފިޔަވަޅުތައް އަޅާފައި ބަހައްޓަން އޭނާއަށް މަޖުބޫރުވެގެންނެވެ.
އަނާ ޚާން އާޞިފްގެ ކަންތައްތައް ހުންނަގޮތާމެދު ވަކިގޮތަކަށް ވިސްނުން ގެންގުޅެން ދަތިވެއެވެ. މިފަދަ ފިޔަވަޅުތައް އަޅާފައި ބަހައްޓަނީ އޭނާއަށް މަޖުބޫރުވެގެންނެވެ.
އަނާއަށް ޚާން އާޞިފްގެ ކަންތައް ހުންނަގޮތާމެދު ވަކިގޮތަކަށް ވިސްނުން ގެންގުޅެން ދަތިވެއެވެ. ކޮންމެއަކަށް މިހާރު އޭނާވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަދި ކުރިމަތިން ފެންނަ ކަންތައްތަކަށް ބަލާއިރުވެސް އޭނާ މިހާރު ކުރިއެކޭ އެއްގޮތް ކަމަކަށް ނުފެނެއެވެ. މި ފެންނަ ކަންތައްތަކުގެ އަލީގައި އަނާ ހާސްވެއްޖެއެވެ. ޚާން އާޞިފް ކުއްލިއަކަށް މިގޮތަށް ބަދަލުވެގެން ދިޔައީ ކީއްވެގެންކަމެއް ހަމައެއްގޮތަކަށްވެސް އޭނާއަކަށް ނުވިސްނުނެވެ.
ހަމައެންމެ ހާލަތު ދެން ބަދަލުވެގެން ދާނީ ކިހިނެއްކަން ވިސްނައިގަތުމަކީވެސް އޭނާގެ ލިޔާގަތުން ބޭރުވެފައިވާ ކަމެކެވެ. އަނާ ކުޑަކޮށް ވިސްނާލަން ހުރުމަށްފަހު ގޭގައި އުޅޭ މީހުންނަށް ގޮވައިގެން ގެނެސް ބިއްލާއާ ބެހޭގޮތުން ކަންތައްތައް ބަހައްޓަންވާނެގޮތް އެމީހުންނަށް އަންގައިފިއެވެ.
ޢާޝީ އޭރުދިޔަގޮތަކަށް ދެން ކޮޓަރިއަކަށް ނާދެއެވެ. އަނާއާ މީހަކު ހަމަލާއެއް ދިންނަމަވެސް ނުވަތަ އަނާއާ މެދު ނުބައިކޮށް ކަމެއް ކުރިނަމަވެސް ބިއްލާ އޭނާ ރައްކައުތެރި ކޮށް ސަލާމަތް ކޮށްދޭނެކަމާމެދު އަނާގެ ހިތް މުޅިން ހަމަޖެހެއެވެ.
ނަމަވެސް އެހެންކަމާއެކުވެސް ކަންތައްތައް ބަދަލުވަމުންދާ ގޮތާމެދު އަނާއަކަށް ހިތްހަމައެއް ނުޖެއްސެއެވެ. އަނެއްކޮޅުން ބިއްލާ ވަރަށް ރީތި އެހާމެ ތަނަވަސް ކޮޓަރިއެއްގައި ހުރި އެނދެއްގައި އޮށޯވެލައިގެން އޮތެވެ. އެތަނަށް އައިސް ސުރެ އޭނާ ވިސްނަމުންދަނީ އޭނާގެ މައިބާޕް ކައިވެނި ކޮށްގެން މިއައީ ވަރަށް މުއްސަނދި ގެއަކަށް ކަމެވެ. މިގޭގައި އުޅެނީ މަދު މީހުން ކޮޅަކަށް ވުމާއެކުވެސް މައިބާޕްއާ ދެކޮޅުވެރިވާނޭ ދުޝްމަނުންތަކެއް މިގެއިން އުފެދުނުކަމެވެ. އަދި މައިބާޕް ސަލާމަތްކުރަންޏާ އޭނާއަށް ޖެހޭނީ އެ އެންމެންގެ ކަންތައް ނިންމާލުންކަމެވެ. އެހެން ނޫނީ އެމީހުން މައިބާޕް އުފާވެރި ދިރިއުޅުމެއް އުޅުނަ ނުދޭނެކަމެވެ. ދެ ގަޑިއެއްހާއިރު ބިއްލާ މިކަހަލަ ޚިޔާލުތަކެއްގައި ހޭދަކުރުމަށްފަހު ދޮރުމަތީ ފަރާތުގެ ފެންޑާއަށެވެ.
ކުރިމަތީގައި އޮތީ ވަރަށް ރީތި ވިނަގަނޑެކެވެ. އޭގެ ތަންތަންކޮޅުގައި ރީތި މާގަސްތައް ހައްދާފައި ހުއްޓެވެ. ބިއްލާއަށް އެތަން ފެނިފައިވެސް ހިތަށް އެރިއެވެ. މިއީ ހާދަ މުއްސަނދި ބަޔަކަށް ވާނެއެވެ. އެހެން ނޫނީ މިހާބޮޑު އަދި މިހާ ރީތި ވިނަގަނޑެއް ހައްދާފައެއް ނުބޭއްވޭނެއެވެ. އެ ވަގުތު... ކުއްލިއަކަށް އޭނާ ސިހޭގޮތްވިއެވެ. ގޭޓުން ވަދެގެން އައީ ވަރަށް ރީތި ރަތްކުލައިގެ ކާރެކެވެ. އަދި ވަރަށް ބާރަށް އައިސް ޕޯޓިކޯގައި ހުއްޓާލައިފިއެވެ.
އެ ކާރުން ފޭބި ދެ ޒުވާނުން ތިބީ ވަރަށް ރުޅިއައިސްފައެވެ. އެ މީހުންގެ ޙަރަކާތްތަކާއި މޫނުމަތި ހުރިގޮތުން އެއީ ރަނގަޅު ކަމެއްކުރަން އައި ބަޔަކުނޫންކަން ވިސްނެއެވެ.
ބިއްލާގެ ހަށިގަނޑުތެރޭގައި ނިދާފައިވާ ބިއްލާ ކުއްލިއަކަށް ހޭލައިފިއެވެ. ތިންއަހަރު ކުރީގެ ބިއްލާ ފުރޮޅިލާފައި ތެދުވެއްޖެއެވެ. އަދި ހަމައެހިނދުން ފެށިގެން އޭނާ ތައްޔާރުވެއްޖެއެވެ.
އަދި މި މީހުންނަކީ އޭނާގެ މައިބާޕާ ދެކޮޅަށް އައިބައެއްކަންވެސް ހަމައެވަގުތު އޭނާ ވިސްނިއްޖެއެވެ.
"އެ އަންހެން މީހާގެ ވަރަށް ވަޙްޝީ ބޭބެއަކު ހުރެއޭ" މައިބާޕް އެ ބުނީ މީނާގެ ވާހަކައޭ އޭނާގެ ހިތަށް އެރިއެވެ. ބިއްލާގެ ލޮލަށް ލޭ އަރައިފިހެން ހީވާވަރަށް އެ ދެ ލޯ ރަތްވެއްޖެއެވެ. އޭރު ކާރުން ފޭބި ދެ މީހުން އަނާގެ ކޮޓަރިއާ ދިމާއަށް ދާން ފަށައިފިއެވެ. ބިއްލާވެސް ބާރުބާރަށް އެމީހުންނާ ދިމާއަށް ހިނގައިގެންފިއެވެ. "އޭ! މަދިރިތަކާ! ތީ ކޮންބައެއް؟ އަނގަނަގައިގެން ތި އަންނަނީ ކޮންތާކުން؟"
ބިރުގަންނަކަހަލަ އަޑެއް އިވިގެން އެ ދެ ޒުވާނުން ހުއްޓިއްޖެއެވެ. ދެ މީހުން ބިއްލާ އާދިމާއަށް ރަނގަޅަށް ބަލާލިއެވެ. އޭނާގެ ހަށިގަނޑާއި އޭނާ ހުރި ސިފައާ މެދު ވިސްނާލިއެވެ.
ދެން.... އެކަކުއަނެކަކާ ދިމާއަށް ބަލާލިއެވެ.
"އޭ...އަހަރެން މިބުނަނީ ތިޔައީ ކޮންބައެއްހޭ....އަދި ހުއްދަވެސް ނު ހޯދާ އެތެރެއަށް ތިޔަ ވަންނަނީ ކޮން އެއްޗެއް ހޯދަންހޭ؟"
"ކަލޭ މި ގޭގެ ނޯކަރަކަށްވީ ކޮންއިރަކުތަ؟" އެ ދެ މީހުން ކުރެ އެކަކު ސުވާލުކޮށްލިއެވެ.
"ތިޔައީ އަހަރެންގެ ސުވާލުގެ ޖަވާބުތައް!"
ބިއްލާ އެ މީހުންނާ ކައިރިއަށް ޖެހިލިއެވެ.
އަހަރެންނަކީ ޚާން އާޞިފްގެ ތިމާގެ ބައެއް"
"ޚާން އާޞިފްގެ ކޮޓަރި ހުންނަނީ އެ ދިމާލުގައި.. މި ދިމާލުގައި ހުންނަނީ މި ގޭގެ ސާހިބު އަންހެންމީހާގެ ކޮޓަރި".
"އަހަރުމެން ބޭނުންވަނީ އެ މީހާ!" އެގޭތެރެއިން އެކަކު ވަރަށް ބާރަށް ބުންޏެވެ.
"އޭނާ އާ ބައްދަލު ކުރަންބޭނުންނަމަ އިހަށްމަޑުކުރޭ! ފުރަތަމަ އަހަރެން އޭނާ ކައިރިއަށްގޮސް ކަލޭމެންނާ ބައްދަލުވާން އޭނާ ރުހޭތޯ ނުވަތަ ނުރުހޭތޯ ބަލާނަން... އަދި އޭނާ ރުހޭ ކަމަކަށްވާ ނަމަ އޭނާގެ ކޮޓަރިން ބޭރަށް އަންނަން އަހަރެން ބުނާނަން..އެއްވެސް އަންހެނެއްގެ ކޮޓަރިއަށް ހިލޭ ފިރިހެނުން ވަނުމަކީ ރަނގަޅުކަމެއްނޫން...."
"ކަލޭ މި ގޭގެ ނޯކަރަކަށްވީ ކޮންއިރަކުތަ! މިހެން މިއަހަނީ އަހަރުމެންނަށް ކަލެއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައި ނެތީމާ. އަދި މީގެކުރީން މިގެއިން ކަލޭ ފެނިފައިވެސް ނެތީމާ"
"ކަލޭމެންނަށް ނުފެނުނީމާ ދެން އަހަރެންގެ ކުށަކީ ކޮބާ؟"
އެހެން ބުނެލާފައި ބިއްލާ އަނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.
"މި މީހާވަނީ ކޮންމެވެސް ނުލަފާ މީހަކަށް. ގޭގެ ނޯކަރެއްހެން ހިޔެއް ނުވޭ." ދެ ޒުވާނުން ކުރެ އެކަކު ބުނެލިއެވެ.
"އޭނާ އަހަރުމެން ކުރަން މިއުޅޭ ކަންތަކަށް ހުރަސްއަޅައިފިނަމަ އޭނާގެ ކަންތައް ނިންމާލުމަށް ހަމައެންމެ އުންޑައެއް ފުދޭނެ." އަނެއް މީހާ ލެއިންފެން ބޮވައިގެންފައިވާ މީހެއް ފަދައިން ޖަވާބުދިނެވެ.
އަނެއްކޮޅުން......
ބިއްލާ ކޮޓަރީގެ ދޮރުގައި ޓަކިދީފައި ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އެނދުގައި އޮށޯވެލައިގެން އޮތް އަނާ ތެދުވެ އިށީނދެއްޖެއެވެ. ބިއްލާ އިސްޖަހައިގެންހުރެ ބުންޏެވެ.
"ނުލަފާ ފާޑަކަށް ތިބި ދެ މީހުން އައިސް އެބަތިބި އަޅުގަނޑު މިއައީ އެ މީހުން ބޭރުގައި ހުއްޓުވާފައި. އެ މީހުންގެ ޚިޔާލުތައް ރަނގަޅުނޫންކަން އެ މީހުންގެ މޫނުމަތިން އެނގޭ. ކަލާ އެމީހުންނާ ބައްދަލުކޮށްލައްވަން ނިކަން ބޭރަށް ނުކުންނަވާ ބައްލަވާ!"
އަނާއަށް ކުއްލިއަކަށް ވެގެން އުޅޭގޮތް ވިސްނިއްޖެއެވެ. އެނދުން ތެދުވަމުން ބުންޏެވެ.
"ބިއްލާ! އިހަށް ކަލޭގެ އަތް ކޮންޓްރޯލް ކޮށްގެން ހުރެވޭތޯ ބަލާތި! އެ މީހުންނާ ވާހަކަދައްކާނީ ޚުދް އަހަރެން"
ބިއްލާ އެއްވެސް އެއްޗެއް ނުބުނެއެވެ.
އަނާ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ބިއްލާ އޭނާގެ ފަހަތުން ނުކުތެވެ. އަނާ ބޭރަށް ނުކުތްއިރު އެ ދެ ޒުވާނުން އޭނާއާ ދިމާއަށް ބަލަން ތިއްބެވެ.
"ކީއްވެތަ؟..... ކަލޭމެންނަކީ ކޮންބައެއްތަ؟..... އަހަރެންނާ ބައްދަލުވާން ބޭނުންވީ ކީއްކުރަންތަ؟"
"ކަލޭ ދެކެން ބޭނުންވަނީ... ކަލެއަކީ ކިހާރީތި މީހެއްތޯ ބަލާލަންވެގެން"
ދެ ޒުވާނުންގެ ތެރެއިން އެކަކު ބުންޏެވެ.
އަނާ އެމީހާ ދިމާއަށް ކަޅިއަޅާލާފައި ބުންޏެވެ.
"ހަމައެކަނި އެކަން ދެކެލަން ދޯ ތިޔައައީ؟"
"ކަލޭ އަހަރުމެންގެ ކޮއްކޮގައިގައި ޖެހީ ކީއްވެގެން؟"
"ކަލޭ ތިޔަދައްކަނީ ޒުމައްދަރުގެ ވާހަކަތަ؟ މިހާރު އޭނާ ކޮބައިތަ؟" އަނާ ތުން ހަދާލާފައި ބުންޏެވެ.
"އޭނާވީ ހޮސްޕިޓަލުގައި ..މިހިރަ ދަށް އަންހެން މީހާގަނޑާ.... އަހަރެމެންމިއައީ ކަލޭވެސް އެ ތަނަށް ފޮނުވަން ...ކަލޭ އައީ އަހަރެމެންގެ ކޮއްކޮގެ އުފާތަކަށް ވިހަލާން.... އަހަރެމެން މިއައީ ކަލޭވެސް ހަލާކުކޮށްލަން......"
"މައިބާޕް! މިކީކޭކިޔާ ބަޔެއްތަ؟" ބިއްލާ ހަޅޭއްލަވައިގަތެވެ. އެ ދެ މީހުންނާ ދިމާއަށް ބަލަން ހުރި އަނާ ބިއްލާއާދިމާއަށް ބަލާލާފައި ބުންޏެވެ.
"އެ ދެ މީހުން ވެސް އެމީހުންގެ ކޮއްކޮ ކައިރިއަށް ދާން ބޭނުންވަނީއޯ.... ބިއްލާ! އެތަނަށް ފޮނުވާލެވިދާނެ...."
"މައިބާޕް! އެމީހުންގެ ގެއަކީ އެ ތަން. އެ މީހުންގެ ސިފަވެސް ވައްތަރީ އެ ތާނގައި ތިބުމަށް...
ބިއްލާ މިހެން ބުނެފައި އެ މީހުންނާ ދިމާއަށް ކުރިއަށް ޖެހިލިއެވެ.
އަނެއް ދެ މީހުންވެސް އެއްފަހަރާ ޕޮޒިޝަނަށް އަތުވެއްޖެއެވެ. ހީވާގޮތުގައި އެމީހުން ޖޫޑޯއާއި ކަރާޓޭ ދަނެއެވެ.
ނަމަވެސް..... އެކަމާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ ބިއްލާއެމީހުންނާ ދިމާއަށް ދިޔައެވެ. ދެން.... ކުއްލިއަކަށް އެ ދެ މީހުންގެ ހަތަރުފައި އެއްފަހަރާ ކަހަލަގޮތަކަށް އައިސް ބިއްލާގެ މޭގައި ޖެހިއްޖެއެވެ.
އަނާ ތުރުތުރު އަޅައިގަންނަގޮތްވިއެވެ.
ބިއްލާވެސް ތެޅިގަނެފައި ވެއްޓެން އުޅުނެވެ. ނަމަވެސް ޖެހިގެން އައި ހިނދުކޮޅުގައި ނުވެއްޓި ތެދުވެ ހަމަޖެހިލާފައި ހީނގަތެވެ. އަދި ބުނެލިއެވެ.
"މަދިރިތަކާ ތިޔައީ ކޮންފާޑެއްގެ ނެށުމެއްތަ؟"
"ބިއްލާ އެމީހުން ޖޫޑޯ އާއި ކަރާޓޭ ދަންނަނީ! އަނާ ގޮވާލިއެވެ.
"ހުރިހާ އެއްޗެއް ހަނދާން ނެތިދާނެ މައިބާޕް..ހަނދާންނައްތުވާ ގޮތް ބިއްލާ ދަންނަން..."
އެހެންބުނެފައި ބިއްލާ އަނެއްކާވެސް އެ މީހުންނާ ދިމާއަށް ކުރިއަށް ޖެހިލިއެވެ. އަނެއްކާވެސް އެ ދެ މީހުން ޕޮޒިޝަނަށް އައެވެ. އެމީހުންގެ އަތްތައްވަނީ ހަރުކޮށްފައި، ދިއްކޮށްލާފައެވެ. ބިއްލާ ކައިރިއަށް އަންނަން ދެން އިންތިޡާރު ކުރަނީއެވެ.
ދެން ބިއްލާ ކުރިއަށް އައިސް ދެ މީހުންގެ މެދަށް ވަންނަނީއެވެ. ދެ މީހުން ފުންމައިގެން ކަހަލަ ގޮތަކަށް އައިސް ބިއްލާއަށް ހަމަލާދިނެވެ. ނަމަވެސް ހަމަ އެ ހިނދުކޮޅުގެތެރޭގައި ބިއްލާ ކުއްލިއަކަށް ފަހަތަށް ޖެހިލައިފިއެވެ.
ހަމަލާދިން ދެ މީހުން އެކަކު އަނެކަކުގައިގައި ނުލާހިކުބާރަށް ޖެހިފައި ބިންމައްޗަށް ވެއްޓިއްޖެއެވެ. ހަމަ އެ ދަނޑިވަޅުގައި ބިއްލާ ފުންމާލައިގެން އައިސް އެ ދެ މީހުންގެ ގައިމައްޗަށް ޖެހިގެންފިއެވެ. ބަނޑުހައިވެފައިވާ ސިންގާއެއްހެންނެވެ. އެކެއްގެ އުނަގަނޑު މަތީގައި ބޮނޑިއެއް އެޅުމާއެކު އަނެކެއްގެ ކަނދުރާމަތީގައި ވަރުގަދަ އެތިފަހަރެއް އަޅައިފިއެވެ.
ދެ މީހުންގެ ކަރުތެރެއިން ނުބައި އަޑެއް ނުކުތެވެ.
ބިއްލާ ދެ މީހުން ދޫކޮށްލާފައި ތެދުވެ ހަށިފޮޅާލައިފިއެވެ. އަދި ލެޔަށް ފެންބޮވައިގެންފައިވާ ކަހަލަ އަޑަކުން ބުނެލިއެވެ.
"ތެދުވޭ.... އަވަހަށް ތެދުވޭ...ޝަބާޝް!"
އެ ދެ މީހުން ކުކުރަމުން ތެދުވެއްޖެއެވެ.
އަނެއްކާވެސް ބިއްލާ އެ ދެ މީހުން ކައިރިއަށް ޖެހިލިއެވެ. އަދި ވަރަށް ބާރަށް އެ ދެ މީހުންގައިގައި ތަޅަން ފެއްޓިއެވެ. އެ ދެ މީހުންނަށް ބިއްލާގައިގައި ޖަހާނޭ އެއްވެސް ފުރުޞަތެއް ނުދެއެވެ.
(ނުނިމޭ)
varahves reethi shukuran
މިވާހަކަ ނުނެރޭގޮތަށްތޯ އޮތީ އެހެންވެ ސާފުކޮށްލަން ބޭނުންވާތީ،ވާހަކަނެރެން ވިދާޅުވެފަ
ވާދުވަސްތަކުގާ ވާހަކަނުކުތްތޯ ބަލަން އެހެންވެ
ޝުކުރިއްޔާ!
vrh habeys
ދެރައީ 'ކިރުއިލޮށީގެ" މަހާރެހެންދި ޚައިރާދުގެ ތިކަހަލަ މާބާޕެއްވެސް ނެތްކަން ވާހަކަ ވަރަށް
ރީތި!
ބިއްލާ ގަދަ އެނގިދާނެތާ ވާގޮތެއް ބިއްލާ ކަލޭގެ
މައިބާޕުގެ ދެމައިންނާއި، ކަލޭގެ ސަލާމަތް ހޯދާތި!
ތިއީ ވަރަށް ނުރައްކާތެރި ބައެއް، އަޑިނޭނގޭ ަަަަަަަަެްަަަަަަަަެްަަަަަަަަެްަ
ބައެ
އްގެ ތެރެއަށް ތިފުއްމާލެވިފާ ތިތިބީ
ކޮންމެވެސް ހަރުފަމަރުނު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަވަނީސް ލަޓިގަނޑު ބިންދާނުލާތި!