ފެނަކަ އާއިލީ 08 ވަނަ ގުރުއާން މުބާރާތް ނިންމާލައިފި އެވެ.
މި މުބާރާތަކީ 2019 ވަނަ އަހަރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމާއި އަހްމަދު ސައީދު ހަވާލުވެ ވަޑައިގަތުމަށްފަހު އެމްޑީގެ އެދުމަކަށް އެމްޑީގެ އިސްނެންގުވުމާއެކު ކޮންމެ ރަމަޟާން މަހަކު ކުރިއަށް ގެންދާ މުބާރާތެކެވެ.
އެ ކުންފުނީގެ ރިކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތް 2019 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ 04 ސަރަހައްދެއްގައި ވަނީ ބާއްވާފަ އެވެ.
ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ދެ އަހަރުގެ މެދު ކެޑުމަކަށްފަހު، އަލުން މި މުބާރާތް 2022 ވަނަ އަހަރު ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައި ވަނީ ބޭއްވިފަ އެވެ.
މި ގޮތުން މި އަހަރު މި އަހަރުގެ މުބާރާތަކީ 08 ވަނަ ގުރުއާން މުބާރާތް ކަމަށްވާއިރު، މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީގަ އެވެ.
ފެނަކައިގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތް މިއަހަރު ފަށާފައި ވަނީ 17 އޭޕްރީލް 2023 ގައެވެ.
މި މުބާރާތުގައި ފެނަކައިގެ މުވައްޒަފުންގެ އިތުރުން މުވައްޒަފުންގެ އާއިލާއަށް ނިސްބަތްވާ 78 ދަރިވަރުން ކިޔަވައިފައި ވެއެވެ.
މި މުބާރާތުގައި އުމުރުފުރާތަކުން 01 ވަނަ، 02 ވަނަ އަދި 03 ވަނަ އަށް ދިޔަ ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލް ކޮށްފައިވާއިރު، މުޅި މުބާރާތުން 1 ވަނަ އަށް 15000 ރުފިޔާ ވަނީ ދީފަ އެވެ. އަދި މުޅި މުބާރާތުން ދެ ވަނަ އަށް 10000 ރުފިޔާ އަދި މުޅި މުބާރާތުން ތިން ވަނައަށް 5000 ރުފިޔާ ވަނީ ދީފަ އެވެ.
މި މުބާރާތުގެ ފަޚުރުވެރި 01 ވަނަ ޙާސިލްކޮށްފައިވަނީ ގއ. މާމެންދޫ، ސައިދު މަންޒިލް / އިލްޔާސައު މުހައްމަދު ޝަހީމް އެވެ. އަދި މުޅި މުބާރާތުން ދެ ވަނަ ހާސިލްކޮށްފައިވަނީ ހދ. މަކުނުދޫ، ރިވަރެސް/ އަމީން ފަޒީލް އެވެ. ތިންވަނަ ހޯދީ މއ. ރިހިރާޅު، އާމިނަތު އީޝަލް ބިންތު އުޝާން އެވެ.