ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް (ޝިއްޕެ) ވަކިކޮށްފި އެވެ.
އޭނާ މަގާމުން ވަކިކޮށްފައިވަނީ މިއަދު އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ޝިފާޒު، އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރު 22، 2018 ގަ އެވެ.
އެމްޑީޕީ އިން މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށް ފަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރެއިން އެހެން ގޮތްޕެއް ހެދުމުގެ މަސައްކަތް ކުރައްވާއިރު، އެކަމުގައި ސިއްޕެ އިސް ދައުރެއް އަދާކުރައްވަ އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާ ކަން ހާމަ ކުރައްވާފައިވާ ރައީސް ނަޝީދު ތާއީދު ކުރައްވާނެ ކެންޑިޑޭޓަކު އަދި ރަސްމީކޮށް އިއުލާން ކުރައްވާފައެއް ނުވެއެވެ.