ސްޓެލްކޯ އަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމް އިމާރާތުން ކަރަންޓު ކަނޑާލައިފި އެވެ.
ސްޓެލްކޯ އިން ބުނީ މިއީ އެފްއޭއެމް އިން ކަރަންޓުގެ ހިދުމަތް މެދުކަނޑައިލަން ޖެހުނީ، އެ އެސޯސިއޭޝަނުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެކި ފަހަރު މަތިން އަންގައި، ގިނަ ފުރުސަތުތަކެއް ދިނުމުން ވެސް އެކަން ކޮށްފައި ނުވާތީ ކަމަށެވެ.
މީގެ އިތުރުން އެ ފައިސާ ނުދައްކާ ނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓްގެ ހިދުމަތް މެދުކަނޑައިލާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، އެފްއޭއެމް އިން އެއްވެސް ކަރަންޓް ބިލެއްގެ ފައިސާ ދައްކާފައެއް ނުވެއެވެ.
އެފްއޭއެމް ހައުސްގެ އިމާރާތް ބާވެ، އެ ތަނުގެ މަސައްކަތް ޗާންދަނީ މަގުގައި ހުންނަ އިމާރާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެފްއޭއެއެމް ހައުސް ހުސްކުރީ އެ ތަނުގައި 20 ބުރީގެ އިމާރާތެއް ހެދުމަށެވެ.
އެހެންނަމަވެސް އެ މަސައްކަތް މިހާތަނަށް ފަށާފައެއް ނުވެ އެވެ.