
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންއަށް ތާއީދު ކުރަން ޑީއާރުޕީން އިއްޔެ ނިންމައިފިއެވެ.
ޑީއާރުޕީން މިކަން އިއުލާން ކުރެއްވީ އެޕާޓީގެ ވަގުތީ ލީޑަރު މުޙަންމަދު ނަޝީދު (ކާނަލް އެވެ. ކާނަލް ވިދާޅުވި ގޮތުގައި ޑީއާރުޕީގެ ކައުންސިލުން އެގޮތަށް ނިންމީ ކައުންސިލުގެ އިއްތިފާގުންނެވެ. ޕީޕީއެމްގައި މިހާރު ތިބީ ފަސްހާހެއްހާ މީހުން ކަމަށާއި އެވާހަކަ ރައީސަށްވެސް ދަންނަވާފައި އޮންނާނެ ކަމަށް ކާނަލް ވިދާޅުވިއެވެ.
ކާނަލް ވިދާޅުވީ ޑީއާރުޕީގައި ބައި މަދުވިޔަސް އެޕާޓީގެ ދައުރަކީ ރައީސް ޔާމީނުގެ ލަޝްކަރުގެ "އަހުގެ ފައިވާނުގެ މޮހޮރު ހިފަހައްޓައިދިނުން" ކަމަށެވެ.
ކާނަލް ނަޝީދަކީ ދިވެހި ސަރުކާރުގެ ފަރާތުން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.