ހުޅުމާލެއިން ލައިސަންސް ތިއަރީ ޓެސްޓް ހެދޭނެ ގޮތް ހެދުމަށް މަޝްވަރާކޮށްފި

ހުޅުމާލެއިން ލައިސަންސް ތިއަރީ ޓެސްޓް ހެދޭނެ ގޮތް ހެދުމަށް މަޝްވަރާކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ސުޖާ ވިދާޅުވެފައިވަނީ ހުޅުމާލޭ ރައްޔިތުން މާލެ ނައިސް ޑްރައިވިންގ ލައިސަންސް ތިއަރީ ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ލަސްތަކެއްނުވެ އެކަން ހުޅުމާލޭގައި އިންތިޒާމް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ އެހީތެރި ކަމާއިއެކު މާލޭގެ ޑްރައިވިންގ ޓްރެކް ހުޅުމާލޭގައި ޤާއިމްކޮށް ނިންމައި ދުއްވުމުގެ ޓެސްޓް ހުޅުމާލެ ޓްރެކް ގައި ހަދަންފަށާފައިވާކަން ސުޖާ ވަނީ ފާހަގަ ކުރައްވާފައެވެ.

ސުޖާ ވިދާޅުވީ ހުޅުމާލެ ރައްޔިތުންނަށް މާލެ ނައިސް ޑްރައިވިންގ ލައިސަންސް ހެއްދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކޮށްދިނުމަށް ކެމްޕޭނު ތެރޭގައި ވެސް ހުޅުމާލޭގެ ރައްޔިތުން އެދިފައިވާކަމަށެވެ.

ޝުޖާއު ވިދާޅުވީ އެދުމަކީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީ އިން މި މަސައްކަތް ފައްޓަވައިދެއްވުން ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.