![maldives-resort-island](https://aafathis.mv/wp-content/uploads/2017/11/maldives-resort-island-678x381.jpg)
ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ އދ. އަތޮޅުގެ ރިސޯޓެއްގައި ކަމަށެވެ.
ނަަވެސް އެއީ ކޮން ރިސޯޓެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.
މޫދަށް އެރި އުޅުނު ފިރިހެން ފަތުރުވެރިއަކު ގެނބިގެން އުޅޭކަމަށް މިއަދު 12:11 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ފަތުރުވެރިޔާއަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވާކަމަށް ޑޮކްޓަރު މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މަރުވެފައިވަނީ ޢުމުރުން 30 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.