އަހަރެންގެ އެކުވެރި މާޖިދާ ބައްދަލު ކުރާން އޭނާގެ ޕާޓީ އޮފީހަށް ހިނގައްޖައީމެވެ.
އޭނާއަކީ ރިޕަބްލިކް ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ.
ރިޕަބްލިކް ޕާޓީއަކީ ވެރިކަން ކުރާ ޑިމޮކްރަޓިކް ޕާޓީގެ އިއްތިހާދީ ބައިވެރިއެކެވެ.
އަހަރެން މާޖިދާ ބައްދަލު ކުރަން ދިޔައީ ކުރަން ޖެހޭ ސުވާލު ތަކެއް ހުރީމައެވެ.
އަހަރެން މިއީ ނޫސްވެރިއަކަށް ވާތީ ސަރުކާރުގެ މަޝްރޫއުތަކާ ގުޅޭ ސުވާލުތަކެއް ކުރާށެވެ.
ރޭ އަހަރެން މާޖިދާ ވާހަކަ ދެއްކީމެވެ.
އޭނާ ބުނި ގޮތުގައި ސަރުކާރުން ކަނޑުއޮތްގިރީގައި އަޅަން ބުނެފައިވާ ކާރުޚާނާއަކީ ސިޔާސީ އުކުޅެކެވެ.
އޭނާ ގާތު އެ ވާހަކަ ވިދާޅުވީ ޕާޓީގެ ލީޑަރު ޙާތިމް ޠާއީއެވެ.
ކާރުޚާނާގެ ވާހަކައަކީ ކުރިއަށް އޮތް ސެނެޓު އިންތިޚާބުގެ ވޯޓު ހޯދުމަށްޓަކައި ޖެހި މަޅިއެކެވެ.
އޭގެ ސަބަބުން ރިޕަބްލިކް ޕާޓީއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެއެވެ.
އެހެންވީމާ ޙާތިމް ހުންނެވީ ވަރަށް ބޮޑަށް ކޯފާ ވެފައެވެ.
އަހަރެން އިށީނދެގެން އިނީ އޮފީހުގެ ކޮންފަރެންސް ހޯލުގެ ބޭރުގައި ހުރި ގޮނޑިއެއްގައެވެ.
އެތެރޭގެ އަޑު ވަރަށް ރީތިކޮށް ބޭރަށް އިވެއެވެ.
ޙާތިމް ވިދާޅުވާ އަޑު އިވުނެވެ.
ބަޔާނެއް ނެރޭށެވެ.
އެއީ ވަރަށް ރަނގަޅު ކާރުޚާނާއެކެވެ.
ރައްޔިތުންނަށް ވަރަށް ފައިދާ ބޮޑު މަޝްރޫއެކެވެ.
މާޖިދު ބުނާ އަޑު އިވުނެވެ.
ނޫނެކެވެ.
އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެއެވެ.
އެ ކާރުޚާނާ ނުވެސް ހަދާނެއެވެ.
ޙާތިމް ވަރަށް ބޮޑަށް ކޯފާ ވެފައި ވިދާޅުވާ އަޑު އިވުނެވެ.
ކަލެއަކަށް ނޭނގޭނެއެވެ.
އަހަރެން މިއީ ތިޔަ ހުރިހައި ކަމެއް އެންމެ ފުނުން ދަންނަ މީހަކީމެވެ.
އަހަރެމެން ދެމަފިރިންނަށް ނޭނގޭ ކަމެއް ކަލެއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟
އަހަރެންގެ ވިސްނުމާ ދެކޮޅު ހަދާ މީހަކު މި ޕާޓީގެ ތިޔަހައި އިސް މަގާމެއްގައި ހުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
މާޖިދު ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ.
މިހާރު ވިސްނިއްޖެއެވެ.
މަނިކުފާނުގެ ވިސްނުންފުޅާ އެއްވަރަށް ވިސްނާން އަދި އަޅުގަނޑުމެންނަށް ދަސް ނުވަނީއެވެ.
އެއީ ވަރަށް ފައިދާހުރި ކާރުޚާނާއެކެވެ.
އިރުކޮޅެއް ފަހުން މާޖިދު ނުކުތީމާ އަހަރެން ސުވާލު ކޮށްލީމެވެ.
ލީޑަރު މާ އާރުލާ ވާހަކައެއް ނުވެސް ދައްކަނީސް އޭނާގެ ކޮޅަށް ދީލައިލީ ކީއްވެގެން ހެއްޔެވެ؟
މާޖިދު ބުންޏެވެ.
އެއީ ލީޑަރު އެންމެ އުފާވާ ގޮތެވެ.
އެހެން މީހުންނަށް ކަންކަން ވިސްނޭ ގޮތް ވަނީ އޭނާ ބުނީމާ ކަމަށް ދެއްކީމާ ވަރަށް އުފާވާނެއެވެ.
އެހެންނޫނީ ޖެހޭނީ ޕާޓީން ބޭރުވާށެވެ.