ކޮވިޑް-19 : ވޭތުވެދިޔަ 12 ގަޑިއުރުގެތެރޭގައި 2 މީހުން ނިޔާވެއްޖެ

އަނެއްކާވެސް ކޮވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، ވޭތުވެދިޔަ 12 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 2 އަށް އަރައިފިއެވެ.

އެންމެފަހުން ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ ޢުމުރުން 50 އަހަރުގެ  އިންޑިއާ ފިރިހެނެކެވެ.  މީގެއިތުރުން ކޮވިޑް-19ގައި މިއަދު ނިޔާވެފައިވަނީ  ހަމަ ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ ޢުމުރުން 85 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމުލަ ޢަދަދުވަނީ 73އަށް އެރީއެވެ. މީގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 9 ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.